މަސައްކަތް
ނަންބަރު: (IUL)492-PS/492/2025/152
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 22 އޮކްޓޫބަރު 2025 11:00
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
އޮޅުހިޔާއަށް ބޭނުންވާ ބުޅަލު ކާނާއާއި ކެޓް ލިޓަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

  މި މިނިސްޓްރީގެ ދަށުން ހުޅުމާލޭ ފޭސް 2 ގައި ހިންގަމުންދާ އޮޅުހިޔާއަށް ބޭނުންވާ ކެޓް ފުޑްއާއި ކެޓް ލިޓަރ ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

16 އޮކްޓޯބަރ 2025ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި

 

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ސްޓަރ ކްލައުޑްސް ބިލްޑިންގ 5 ވަނަ ފަންގިފިލާ

އަންދާސީ ހިސާބު ހުށަހެޅުން

22 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ 11:00ގައި

 

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3309333 އަދި 3309331 ނަންބަރު ފޯނަށެވެ.

13 އޮކްޓޫބަރު 2025