މަސައްކަތް
ނަންބަރު: (IUL)10-F/10/2025/158
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި:
16 އޮކްޓޫބަރު 2025 10:30
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ގުދަން (64 ނަންބަރު ކޮށި) މިނިސްޓްރީން ދޭ ސްކޯޕާއި އެއްގޮތަށް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
މި މިނިސްޓްރީގެ ނަންބަރު (IUL)10-F/10/2025/130 (21 އޯގަސްޓް 2025) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އެއްވެސް ބިޑެއް މި މިނިސްޓްރީން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 13 އޮކްޓޫބަރު 2025 ވާ ހޯމަ ދުވަހުގެ 10:30 (64 ނަންބަރު ކޮށި) ބުރުޒުމަގަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 16 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ އެންޑް ޓެކްނޮލޮޖީ / ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
07 އޮކްޓޫބަރު 2025