ދިވެހިރާއްޖެ
މި ކައުންސިލްގެ މި އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނިފައިވާ ކުކަރީ އަދި ޕޭސްޓްރީ ކޯސް ކުރިއަށްގެންދިއުމަށް ބޭނުންވާތީ މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ނަން ނޯޓްކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ކެއްކުމުގެ ދާއިރާއިން ފަންނީ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވޭ މި ކޯހުގެ ފީއަކީ -/500ރ. (ފަސްސަތޭކަ ރުފިޔާ) އެވެ. ކޯހުގައި ކިޔަވައިދެއްވާނީ މި ދާއިރާގެ ފަންނީ ބޭފުޅެކެވެ.
އެހެންކަމުން މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިހާރުން ފެށިގެން 16 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގައި ނަން ނޯޓުކުރުމަށް ދަންނަވަމެވެ. ރަސްމީ ގަޑީގައި މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ ނަންބަރު 6540049 ފޯނަށް ގުޅައިގެން ނުވަތަ [email protected] މި އީމެއިލް އެޑްރެހަށް އީމެއިލްކުރައްވައިގެން ނަން ނޯޓްކުރެވޭނެވެ. ނަން ނޯޓްކުރުމަށް ހުށަހަޅާއިރު ބައިވެރިވުމަށް އެދޭ ފަރާތުގެ ފުރިހަމަ ނަމާއި، އައި.ޑީ ކާޑުގެ ނަންބަރާއި އަދި ގުޅޭނެ ފޯނު ނަންބަރު ހިއްސާކުރައްވަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އިޢުލާންކުރީމެވެ.