މަސައްކަތް
ނަންބަރު: (IUL)141-LM/1/2015/313
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 29 އޮކްޓޫބަރު 2015 11:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އިނާމު ދިނުމުގެ ރަސްމިއްޔާތު އޮގަނައިޒް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

2015 ވަނަ އަހަރުގެ ޒުވާނުންގެ ދުވަސް އަދި އެވޯޑް ލިބޭ ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު އޮގަނައިޒް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި މިނިސްޓްރީގެ ނަންބަރު IUL)141-LM/1/2015/311)ފ(08 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.   

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ޒުވާނުންގެ މަރުކަޒު (މާފަންނު)

ބުރާސްފަތި

29 އޮކްޓޫބަރު 2015

11:00

އަންދާސީހިސާބު ހުށަހެޅުން

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގޭގެ 3 ވަނަ ފަންގިފިލާއަށް)

ހޯމަ

02 ނޮވެންބަރު 2015

11:00

މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ފަހުން މަޢުލޫމާތު ނޭރުވޭނޭ ވާހަކަ ދެންނެވީމެވެ.

09 މުޙައްރަމް 1437

22 އޮކްޓޫބަރު 2015