ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)409/409/2025/70
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 11:41
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުތެރެ ސާފުކުރުން…

                 ކައުންސިލުން އިސްނަގައިގެން 2022  ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ    "ރާވެރިޔާ  ވޮލީ މުބާރާތް"  މިއަހަރުވެސް 01  ނޮވެމްބަރ 2025 ގައި ބޭއްވުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.  މުބާރާތާއި ގުޅިގެން ރަށްރަށުން ގިނަ އަދަދެއްގެ ޓީމްތަކާއި މެހެމާނުން ޒިޔާރަތްކުރާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.                    

              އެނގިލައްވާނެ ފަދައިން މަގުތަކަކީ ރަށުގެ ރައްޔިތުންގެ އިތުރުން، ރަށުގައި ދިރިއުޅޭ ފަރާތްތަކާއި ރަށުން ބޭރުން ރަށަށް ޒިޔާރަތްކުރައްވާ އެންމެހާ ފަރާތްތަކުން ބޭނުންހިފަން ޖެހޭނެ ތަނަކަށް ވީހިނދު،  ހިނގާބިގާވެ އުޅޭ މަގުތަކަކީ ސާފުތާހިރު ޒީނަތްތެރި ތަނަކަށް ހެދުމަކީ، ހަމަ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއްކަމުގައި ވާންވާނެއެވެ.

              އެގޮތުން ރަށުގެ މަލަމަތީގައިވާ ރުއްގަނޑުތަކާއި، ރުއްގަނޑުތަކާއި ގުޅިފައިވާ މަގުތައް ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް ރުއްގަނޑުތަކުގެ ވެރިފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.

               އަދި ދަންނަވަމެވެ. މިފަދަ ކޮންމެ ކަމެއްގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް މިފުރުސަތުގައި ޝުކުރު ދަންނަވަމެވެ.

                މިހެންވެ، މިކަންއާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                  20    ރަބީޢުލްއާޚިރު      1447

12 އޮކްޓޫބަރު 2025