ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)341/341/2025/53
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 21 އޮކްޓޫބަރު 2025 14:00
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އުކުޅަހުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީއަށް އާންމު މެމްބަރުން ނެގުމާ ގުޅޭ

              މި އިދާރާއިން އެކުލަވާލާފައިވާ "އއ.އުކުޅަހުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީގެ އުޞޫލު" ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އާންމު ރައްޔިތުންގެ ތެރެއިން 02 މެމްބަރުން މި ކޮމިޓީގައި ހިމެނުމަށް ބޭނުންވެގެން 17 ސެޕްޓެމްބަރ 2025 ވަނަ ދުވަހު އިއުލާން ކޮށްފައިވާނެއެވެ. ނަމަވެސް، މި އިއުލާނާއި ގުޅިގެން އެއްވެސް ބޭފުޅަކު ނަން ހުށަހަޅާފައިނުވެއެވެ.

            ވީމާ، މި ކޮމެޓީގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 އޮކްޓޯބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުންވުން އެދެމެވެ.

ކޮމިޓީ މެމްބަރުންގެ ޝަރުތު:

  • ލިޔަން ކިޔަން ދަންނަ މީހެއް ކަމުގައިވުން.
  • އުފަންވީއްސުރެ އުކުޅަހުގެ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ކަމުގައި ވުން.
  • އުމުރުން 25-60 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން.
  • އއ.އުކުޅަހު ކައުންސިލްގެ މުއައްޒަފެއް ކަމުގައި ނުވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.
  • އުކުޅަހުގައި ދިރިއުޅޭ ފަރާތެއް ކަމުގައި ވުން (އުކުޅަހުގައި ދިރިއުޅޭ ފަރާތެއް ކަމުގައި ބެލެވޭނީ ވެތުވެދިޔަ 05 އަހަރު މެދުކެނޑުމެއް ނެތި މިރަށުގައި ދިރިއުޅެފައިވާނަމައެވެ.)

 

ކޮމިޓީގެ މަސްއޫލިއްޔަތު

  • އއ.އުކުޅަހުން ގޯތި ދިނުމަށް އެކުލަވާލާފައިވާ އުޞޫލާ އެއްގޮތަށް ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި އެންމެ އިންސާފުވެރިކަމާއެކު ގޯތި ދިނުމުގެ މަސައްކަތް ރާވާ ހިންގުން.

 

 

 

 

މެމްބަރު ކަމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

އާސާސީ ޝަރުތު ހަވަމުން

35

އެސެސްމެންޓް

25

އިންޓަރވިއު

40

ޖުމްލަ

100

 

            މި ކޮމިޓީއަށް އައްޔަނު ކުރެވޭނީ، މެމްބަރު ކަމަށްވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބާއްވާ އިންޓަރވިއު އަދި އެސެސްމަންޓުން މާކްސް ލިބޭ ދެ ފަރާތެވެ.

            ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

            12 އޮކްޓޯބަރ 2025

12 އޮކްޓޫބަރު 2025