ދިވެހިރާއްޖެ
އިޢްލާނު
ފެހެންދޫގައި ސިނާއީ މަސައްކަތް ކުރުމަށާއި، ގުދަން ކުރުމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ
މިރަށުގެ ލޭންޑްޔޫސް ޕްލޭންގައި ސިނާއީ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުން، ސިނާއީ މަސައްކަތް ކުރުމަށް 1000 އަކަފޫޓުގެ 1 ބިމާއި، 1500 އަކަފޫޓުގެ 1 ބިމާއި، 2000 އަކަފޫޓުގެ 1 ބިން އަދި ބަނދަރު ސަރަޙައްދުން މުދާ ރައްކައުކުރާ ގުދަން ހެދުމަށް 2000 އަކަފޫތުގެ 2 ބިން ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު އަރުވަމެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ޝީޓާއި އެއްގޮތަށް ފޯމުފުރިހަމަކޮށް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ޝީޓާއި، ބީލަން ހުށަހަޅާ ފޯމް، ބީލަން ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ފޯރުކޮށް ދެވޭނެއެވެ.
ބީލަން ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 އޮކްޓޫބަރ 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގައި ރަޖިސްޓަރ ކުރަންވާނެއެވެ. މިކަމަށް މިއިދާރާއަށް ވަޑައިގެން، ނުވަތަ މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް ރިކުއެސްޓްކޮށް ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު (ނަމާއި އެޑްރެސް / ފޯން ނަންބަރު / އީމެއިލް އެޑްރެސް / އައި،ޑީކާޑު ނަންބަރ / ވިޔަފާރި ރަޖިސްޓްރީ ކޮޕީ، އިޢުލާން ނަންބަރާއެކު) މެއިލްކޮށްދިނުން އެދެމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 27 އޮކްޓޫބަރ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ބ. ފެހެންދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަން ތައް ބަލައެއް ނުގަނެވޭއެވެ. އަދި ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅުއްވާ ދުވަހު އެ ހުށައެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި އެގަޑީގައެވެ. އަދި ބީލަން ހުށަހަޅުއްވަން ވެރިފަރާތްނޫން އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއާއި، ވެރިފަރާތުގެ އިއުތިރާޟެއް ނެތްކަމުގެ ލިޔުން ހުށަހަޅުއްވަން ވާނެއެވެ. އިތުރު މަޢުލޫމަތު ސާފުކުރައްވަން ބޭނުން ފުޅުވާނަމަ މިއިދާރާގެ އީމެއިލް: [email protected] ނުވަތަ ފޯނު ނަމްބަރ: 6600058 އަށް ގުޅުއްވުން އެދެމެވެ.
20 ރަބީޢުލްއާޚިރު 1447