Public Information
Number: (IUL)315-PROC/315/2025/137
Published Date: 12 Oct 2025
Published Time: 09:37
Deadline: 14 Oct 2025 11:00
Secretariat of the Kendhoo Council, South Maalhosmadulu
Maldives
އިޖްތިމާޢީ ބައެއް ސަރަހައްދުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ރަށުގެ އިޖްތިމާއީ ސަރަހައްދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ސަރަޙައްދުތައް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކުރިން ކޮށްފައިވާ އިޢުލާނުގައިވާ ބައެއް ކުށް އިޞްލާޙު ކުރުމަށްފަހު އަލުން އިޢުލާނު ކުރީމެވެ. މި އިޢުލާނާއި ގުޅިގެން އަގު ހުށަހަޅަން ކަނޑައެޅިފައިވާ މުއްދަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާނެކަމުގައި ދަންނަވަމެވެ.  

  1. އަލަށް ސާފުކުރެވިފައިވާ ސަރަހައްދުން މޯނިންގލައިޓް ގޭގެ އިރު އުތުރު ކަންމަތިން ފެށިގެން މޯނިންލައިޓް ގޭގެ ދެކުނު ކަނާ ހަމައަށް އަދި އިރުދޮށު ހިނގުމުން ފެށިގެން ގޮނޑުދޮށާ ހަމައަށް (ޒޯން B1-1)
  2. އަލަށް ސާފުކުރެވިފައިވާ ސަރަހައްދުން މޯނިންލައިޓް ދެކުނު ކަންމަތިން ފެށިގެން އެނބޫމާ ވިލެޖް ގޭގެ ދެކުނު ކަނާ ހަމައަށް އަދި އިރުދޮށު ހިނގުމުން ފެށިގެން ގޮނޑުދޮށާ ހަމައަށް (ޒޯން B1-2)
  3. އަލަށް ސާފުކުރެވިފައިވާ ސަރަހައްދުން އެނބޫމަ ވިލެޖްގޭގެ ދެކުނު ކަންމަތިން ފެށިގެން އެވަރެސްޓް ގޭގެ ދެކުނު ކަނާ ހަމައަށް އަދި އިރުދޮށު ހިނގުމުން ފެށިގެން ގޮނޑުދޮށާ ހަމައަށް (ޒޯން B1-3)
  4. އަލަށް ސާފުކުރެވިފައިވާ ސަރަހައްދުން އެވަރެސްޓްގޭގެ ދެކުނު ކަންމަތިން ފެށިގެން އަރުތަ ގޭގެ ދެކުނު ކަނާ ހަމައަށް އަދި އިރުދޮށު ހިނގުމުން ފެށިގެން ގޮނޑުދޮށާ ހަމައަށް (ޒޯން B1-4)
  5. އަލަށް ސާފުކުރެވިފައިވާ ސަރަހައްދުން ސާޔާޕެލަސް ގެގެ އިރު އުތުރު ކަންމަތިން ފެށިގެން ސަޔާޕެލަސް ގޭގެ ދެކުނު ކަނާ ހަމައަށް އަދި އިރުދޮށު ހިނގުމުން ފެށިގެން ގޮނޑުދޮށާ ހަމައަށް (ޒޯން B2-1)
  6. އަލަށް ސާފުކުރެވިފައިވާ ސަރަހައްދުން ސާޔާޕެލަސްގޭގެ ދެކުނު ކަންމަތިން ފެށިގެން ނަބްލަސް ގޭގެ ދެކުނު ކަނާ ހަމައަށް އަދި އިރުދޮށު ހިނގުމުން ފެށިގެން ގޮނޑުދޮށާ ހަމައަށް (ޒޯން B2-2)
  7. އަލަށް ސާފުކުރެވިފައިވާ ސަރަހައްދުން ނަބްލަސް ގޭގެ ދެކުނު ކަންމަތިން ފެށިގެން މަލަ ގޭގެ ދެކުނު ކަނާ ހަމައަށް އަދި އިރުދޮށު ހިނގުމުން ފެށިގެން ގޮނޑުދޮށާ ހަމައަށް (ޒޯން B2-3)
  8. އަލަށް ސާފުކުރެވިފައިވާ ސަރަހައްދުން މަލަ ގޭގެ ދެކުނު ކަންމަތިން ފެށިގެން އެމޭޒަން ގޭގެ ދެކުނު ކަނާ ހަމައަށް އަދި އިރުދޮށު ހިނގުމުން ފެށިގެން ގޮނޑުދޮށާ ހަމައަށް (ޒޯން B2-4)

 

 

 

ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާފޯމު އަދި މި މަސައްކަތާއިބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ހިމެނޭ ލިންކުން އަދި މި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެ ވާހާކަ ދެންނެވީމެވެ.  

                          މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

07 Oct 2025