ދިވެހިރާއްޖެ
IUL:E2/IL/2025/20
ލޭބަރަރ، މެއިންޓަނެންސް (6*)
މަޤާމުގެ ޝަރުޠު:
ލިޔަން ކިޔަން ދަތުމާއެކު، މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ހުނަރާއި ގާބިލިއްޔަތުކަން ސާބިތުކޮށްދިނުމާއިއެކު،
އުމުރުން 20 އަހަރާއި 40 އަހަރާއި ދެމެދުގެ ފަރާތަކަށްވުން
މަޤާމުގެ ގިންތި:
- ކޮންޓްރެކްޓް (1 އަހަރު)
މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
- ބުރަކޮށް މަސައްކަތް ކުރެވޭ ހަލުވި މީހެއްކަމުގައިވުން
އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:
- އެއަރޕޯޓް އިމާރާތްތަކާއި ވަސީލަތްތައް ދަމަހައްޓާ މަރާމަތުކުރުން.
- ވިނަކޮށައި، ކުނިކަހައި ފަތް ނަގައި، ގަމުގެ އެކި ސަރަހައްދުތައް ސާފުތާހިރުކޮށް ބެހެއްޓުމަށް ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރުން.
- · ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން އެހެނިހެން މަސައްކަތްތައްކުރުން.
މުސާރަ އާއި އިނާޔަތްތައް:
- މުސާރަ: -/5,000 ރުފިޔާ
- ސާވިސް އެލަވަންސް -/3,450 ރުފިޔާ
- އަދި ހަމަ ޖެހިފައިވާ އުސޫލުން އެހެނިހެން އެލަވަންސްތައް ދެވޭނެ.
މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 26 އޮކްޓޯބަރ 2025 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، އަދި ކުށުގެ ރިކޯޑް ފޯމް ، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ( ވަޒީފާ އަށް އެދޭ ފޯމް އަދި ކުށުގެ ރެކޯޑް ފޯމް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައި) އޮންލައިންކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން https://jobs.ganairport.com/ ބަޔާން ކުރެވިފައިވާ ލިންކް މެދުވެރިކޮށް އެޕްލައި ކުރެއްވުން އެދެމެވެ.
ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.