މަސައްކަތް
                	ނަންބަރު: (IUL)420-PM/420/2025/39
                    ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2025
                    ޕަބްލިޝްކުރި ގަޑި:  15:14
                                            ސުންގަޑި: 
                            27 އޮކްޓޫބަރު 2025 10:00
                        
                    
                 
                ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
             
            
                           މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ގދ. ރަތަފަންދޫ ގަބުރުސްތާން ވަށާފާރު ރޭނުމުގެ މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
           މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނުނު ނަމްބަރު19/2014 ) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫން ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
           ވިމާ މި ކައުންސިލުން ދޭ ކުރެހުމާއި މަސައްކަތުގެ ސްޕެސިފިކޭޝަނާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ސެޝަންގައި ބައިވެރިވެ އެކަމަށް އެދި ބީލަން ހުށައެޅުމަށް ދަންނަވެމެވެ. ރަޖިސްރީ ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
މިބީލަމާއި ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް އަދި މަސައްކަތުގެ ކުރެހުންތައް ރަޖިސްރީކޮށް އަދި ފައިސާ ދައްކާފައިވާ ފަރާތަކަށް އިމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެވާހަކަ ދެންނެވީމޭއެވެ.
 
ސުންގަނޑިތައް   
 
| 
 ބިޑު ރަޖިސްޓްރޭޝަން 
 | 
- މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ  ބިޑް ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ފައިސާގެ ޢަދަދަކީ250(ދުއިސައްތަ ފަންސާސް ރުފިޔާ)އެވެ.
 
- މަޢުލޫމާތު ޝީޓް އީމެއިލް މެދުވަރިކޮށް ނުވަތަ މި އިދާރާއަށް ވަޑައިގެން އެދިލެއްވުމުން ލިބިވަޑައިގަންނަވާނެ.
 
- ރަޖިސްޓްރީ ވުމަށްޓަކައި 15 އޮކްޓޯބަރ 2025 (ބުދަ) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
 
- ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ގޫގަލްލިންކް: https://forms.office.com/r/4bvTKi8kPK
 
 
 | 
| 
 ފައިސާ ފެއްކުން 
 | 
- ރެޖިސްޓްރޭޝަން ފީ ޖަމާކުރަންވާނީ މި އިދާރާގެ އަންނަނިވި އެކައުންޓަށެވެ. ފީޖަމާކުރުމަށްފަހު  ޓްރާންސްފަރ ރިސިޕްޓް ފޮނުވާ ފަރާތްތަކަށް ބީލަންފޮތް ފޯރުކޮށްދެވޭނެއެވެ.
 
- ނޯޓް: ރެޖިސްޓަރީކުރުމަށް ދެއްކި ފީ އަނބުރާ ރިފަންޑު ނުކުރެވޭނެ.  
 
- ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް 
 
 
     ބޭންކް:  ބޭންކް އޮފް މޯލްޑިވްސް 
     ބޭންކް އެކައުންޓްގެ ނަން: 1471 ރެވެނިއު 1 
     އެކައުންޓް ނަންބަރ: 001 700301 7710 
     ސްލިޕް ވައިބަރ ކުރަންވީ ނަންބަރު: 7633734 
 | 
| 
 މަޢުލޫމާތު ސާފުކުރުން 
 | 
- މަޢުލޫމާތު ސާފުކުރުމަށް ފިރީބިޑް މީޓިން އޮންނާނީ   13 އޮކްޓޯބަރ 2025ވާ (ހޯމަ) ދުވަހުގެ (ހެނދުނު) 10:00 ގައި  ކައުންސިލް އިދާރާގައެވެ. މީގެ އިތުރުން، މި ބައްދަލުވުމަށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ލިބިވަޑައިގެންނަވާނެއެވެ.  
 
- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން[email protected]  އަށް މެއިލް ކުރުމުން އަދި ރަސްމީގަޑީގައި މި އިދާރާގެ ފޯންނަންބަރު 6840016 ގުޅާލެއްވުމުން ފޯރުކޮށްދެވޭނެއެވެ.
 
 
 | 
| 
 ބީލަން ހުޅުވުން 
 | 
- ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 27 އޮކްޓޯބަރ 2025 (ހޯމަ) ދުވަހުގެ 10:00 އެވެ. ސުންގަޑި ހަމަވުމަށްފަހު ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
 
 
ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 27 އޮކްޓޯބަރ 2025 (ހޯމަ) ދުވަހުގެ 10:05ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޞިރުވާ ފަރާތްތަކުގެ ކުރީމަތީގައެވެ. 
 |