ދިވެހިރާއްޖެ
ނ.ވެލިދޫ ޓުއަރިޒަމްވިލެޖް 1އިން ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ބިން ކުއްޔަށް ދޫކުރުން
ނ.ވެލިދޫ ޓުއަރިޒަމް ވިލެޖް 1ން، ގެސްޓްހައުސް ތަރައްޤީކުރުމަށް 2500 އަކަފޫޓުގެ 1 (އެކެއް) ބިން 30 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
މިކަމަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
ވީމާ، މިބިންތައް ކުއްޔަށް ނެގުމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން 16 އޮކްޓޯބަރ 2025ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ބީލަމުގެ ބިޑްފޮތް އަދި ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް، 13 އޮކްޓޯބަރ 2025ވާ ހޯމަ ދުވަހުން ފެށިގެން 16 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 ން 11:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/5،000 (ފަސް ހާސް) ރުފިޔާއެވެ. އަދި ބިޑްފޮތް ބައްލަވައިނުގަންނަވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަވެސް ދަންނަވަމެވެ. ބިޑްހުށަހެޅުން އޮންނާނީ 09 ނޮވެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 10:00 ގައެވެ.
ބިޑްފޮތް ގަތުމަށް އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީ ހުށަހަޅަންވާނެއެވެ. މިއިޢުލާނާ އެކު ނ.ވެލިދޫ ޓުއަރިޒަމް ވިލެޖް 1ން، ގެސްޓްހައުސް ތަރައްޤީ ކުރުމަށް ދޫކުރެވޭ ބިމުގެ ޗާޓް ހިމެނިފައިވާނެއެވެ.
ޕްރީ ރިކުއިޒިޓް |
އާއެކޭ |
ނޫނެކޭ |
|
1
|
މާލީ ތަނަވަސްކަން ހުރި މިންވަރު - ލަފާކުރާ އިންވެސްޓްމަންޓްގެ %20 އިކުއިޓީ ގެސްޓްހައުސް:
|
|
|
2 |
ޑައިވްސެންޓަރ:
|
|
|
މާކްސް ދެވޭ ބައިތައް |
މިންވަރު |
ތަފްސީލް |
ފޯމިއުލާ |
އިންވެސްޓްކުރާ މިންވަރު |
40%
|
|
(Benchmark Amount / Submitted Amount) x %40 |
ކުލި (އަކަފޫޓަކަށް ހުށައެޅޭ ކުލި) |
%40 |
|
(Benchmark Amount / Submitted Amount) x 40% |
ކޮންމެ 5 (ފަހެއް) އަހަރަކުން ކުލި ބަދަލުވާނެ މިންވަރު |
|
|
(Benchmark Amount / Submitted Amount) x 10% |
އިޖްތިމާޢީ ގޮތުން ދެވޭ ޚިދުމަތްތައް |
%5
|
|
(Benchmark Amount / Submitted Amount) x 5% |
ތަޖުރިބާ |
5%
|
|
(Submitted years of experience / Benchmark years x 5%) |
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
17 ރަބީޢުލްއާޚިރާ 1447ހ.