ބީލަން
ނަންބަރު: (IUL)297/297/2025/64
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 09 ނޮވެންބަރު 2025 10:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ ޓުއަރިޒަމް ވިލެޖް 1ން، ވޯޓަރ ސްޕޯރޓްސް ސެންޓަރެއް ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

ނ.ވެލިދޫ ޓުއަރިޒަމް ވިލެޖް 1ން،  ވޯޓަރ ސްޕޯރޓްސް ސެންޓަރެއް ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

 

ނ.ވެލިދޫ ޓުއަރިޒަމް ވިލެޖް 1ން،  ވޯޓަރ ސްޕޯރޓްސް ސެންޓަރެއް ތަރައްޤީކުރުމަށް 920 އަކަފޫޓުގެ 1 (އެކެއް) ބިން 30 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

   އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

ވީމާ، މިބިންތައް ކުއްޔަށް ނެގުމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން 16 އޮކްޓޯބަރ 2025ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ބީލަމުގެ ބިޑްފޮތް އަދި ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް، 13 އޮކްޓޯބަރ 2025ވާ ހޯމަ ދުވަހުން ފެށިގެން 16 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 ން 11:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/5،000 (ފަސް ހާސް) ރުފިޔާއެވެ. އަދި ބިޑްފޮތް ބައްލަވައިނުގަންނަވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަވެސް ދަންނަވަމެވެ. ބިޑްހުށަހެޅުން އޮންނާނީ 09 ނޮވެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 10:00 ގައެވެ.

ބިޑްފޮތް ގަތުމަށް އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިއިޢުލާނާ އެކު ނ.ވެލިދޫ ޓުއަރިޒަމް ވިލެޖް 1ން،  ވޯޓަރ ސްޕޯރޓްސް ސެންޓަރެއް ތަރައްޤީ ކުރުމަށް ދޫކުރެވޭ ބިމުގެ ޗާޓް ހިމެނިފައިވާނެއެވެ.

 

ހިމެނޭ ބައިތައް

މިންވަރު

ތަފްސީލް

މާކްސް  (%)

އިންވެސްޓްކުރާ މިންވަރު

40%

  • މިއީ، ބިޑް ހުށަހަޅާ ފަރާތުން އިންވެސްޓްކުރުމަށް ހުށަހަޅާ އަގެވެ.
  • މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑުއަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

 

(Benchmark Amount / Submitted Amount) x 40%

ކުލި (އަކަފޫޓަކަށް ހުށަހެޅޭކުލި)

 

 

 

 

 

 

 

40%

 

  • (ބީލަމަށް ހުށަހަޅާ ފަރާތުން ހުށަހަޅާކުލި/އެންމެ މަތިން ބީލަމަށް ހުށްހެޅިފައިވާ ކުލި × 40)
  • އަކަފޫޓަކަށް ކަނޑައަޅާ އެންމެ ކުޑައަގަކީ އަކަފޫޓަކަށް މަހަކު 80 ލާރި އެވެ.

 

 

 

(Benchmark Amount / Submitted Amount) x 40%

 

ކޮންމެ 5 (ފަހެއް) އަހަރަކުން ބޮޑުކުރާ ކުލި

 

 

 

 

 

 

 

 

  • މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން އިތުރުކުރާ އެންމެ ބޮޑުއަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން ހުށަހަޅާ އަގަކީ ކުލީގެ %35 އަށްވުރެ ކުޑަނޫން އަގެއް ކަމުގައި ވާންވާނެއެވެ)

 

 

(Benchmark Period / Submitted Period) x 10%

އިޖްތިމާޢީ ގޮތުން ދެވޭ ޚިދުމަތްތައް

5%

  • އިޖްތިމާއީ ކަންކަމަށް އަހަރަކަށް ހޭދަކުރާން ހުށަހަޅާނެ މިންވަރު

 

 

(Benchmark Period / Submitted Period) x 5%

ތަޖުރިބާ

5%

  • މިބަޔަށް މާކްސް ދެވޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތްތައް ބެންޗްމާކެއްކަމުގައި ބަލައިގެންނެވެެ.

(Submitted years of experience / Benchmark  years x 5 %)

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                   17 ރަބީޢުލްއާޚިރާ 1447ހ.

08 އޮކްޓޫބަރު 2025