ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: (IUL)262/262/2025/92
100 ހައުސިންގ ޔުނިޓް ރަޖިސްޓަރ ކުރުމާއި ގުޅޭ
100 ހައުސިންގ ޔުނިޓްގެ އެގްރީމަންޓް ކުރެވިފައިވާ ފަރާތްތަކުން ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް "ބިމާއި ގޯތިގެދޮރު ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފޯމް" ފުރިހަމަ ކުރުމަށްފަހު ވެރިފަރާތުގެ އައި ޑީ ކާޑުކޮޕީ އަދި ގޯތިހަވާލުކުރިކަމުގެ އެގްރީމަންޓުގެ ކޮޕީ އާއެކު މިއިދާރާއަށް 23 އޮކްޓޯބަރު 2025 ގެ 12:00 ގެ ކުރިން ފޯމް ހުށަހެޅުން އެދެމެވެ. އަދި އެގްރީމެންޓުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން، ކޯޓު މެދުވެރިކޮށް އެ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ބަންޑާރަ ގޯތި ދޫކޮށްލެއްވުމަށްފަހު، 100 ހައުސިންގ ޔުނިޓް ރަޖިސްޓަރީޓަރީ ކުރެއްވުމަށް ހުށަހަޅުއްވާއިރު ކޯޓުން ނިންމި ގޮތުގެ ޤަޟިއްޔާގެ ކޮޕީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިރަށުގެ ގޯތި ތަކަށް ކިޔާފައިވާ ނަން ލިސްޓެއް މި އިއުލާނާއި އެއްކަރުދާސްކުރަމެވެ. ވީމާ، ރަށުގެ އެއްވެސް ގޯއްޗަކަށް ކިޔާފައި ނުވާ ނަމެއް ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އެދެމެވެ. އަދި ކޮންމެ ގެއަކަށް ވެސް ކިޔާނެ 3 ނަމެއް ފޯމްގައި ހިމަނަންވާނެއެވެ.
ޢިމާރާތާއި ގޯތި ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓް www.nolhivaranfaru.gov.mv ން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޯމް ހުށަހެޅޭނެއެވެ.
އީމެއިލް: [email protected]
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 ރަބީއުލްއާޚިރް 1447
09 އޮކްޓޯބަރު 2025