ނީލަން
ނަންބަރު: (IUL)N1-HC/2025/06
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 21:30
ސުންގަޑި: 16 އޮކްޓޫބަރު 2025 12:00
ކޮޅުމަޑުލު ބުރުނީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ނީލަމާބެހޭ މައުލޫމާތު

މިއިދާރާގެ ބެލުމުގެދަށުގައިހުރި ބައުމުދާ ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން 17 އޮކްޓޯބަރ 2025 ވާ ހުކުރު ދުވަހު ހެނދުނު 10:00 ގައި މިމަރުކަޒުގައި އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ.

 

ނީލަންކިޔުމުގެ އުސޫލު

  • ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
  • ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
  • ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
  • ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.
  • ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މިމަރުކަޒަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ.

 

08 އޮކްޓޫބަރު 2025