މަސައްކަތް
ނަންބަރު: JS-B/2015/60
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 01 ނޮވެންބަރު 2015 11:00
ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމު ފަހައިދީ، އެޚިދުމަތް ދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ދަރިވަރުންނަށް އެކްޓިވިޓީ ޔުނިފޯމު ފަހައިދީ އަދި އެޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މި ސްކޫލުގެ ނަންބަރު 2015/54/JS-B އިޢުލާނާ ގުޅިގެން ދޫކުރެވުނު މަޢުލޫމާތުޝީޓުގައި އިޞްލާޙުކުރަންޖެހޭ ކަންތައްތަކެއް ހުރުމުން މި އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ބާޠިލުކުރިވާހަކަ ދެންނެވީމެވެ.

ވީމާ، ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް އެކްޓިވިޓީ ޔުނިފޯމު ފަހައި، އަދި އެޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން 1 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 5 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

8 މުޙައްރަމް 1437      

21 އޮކްޓޫބަރު 2015