ދިވެހިރާއްޖެ
HDC(161)-MPR/IU/2025/158 :ނަންބަރު
އިއުލާން
ކ.ތިލަފުށި ލޮޓް ނަންބަރު: b30068 ގައި ހުރި ތަކެތި ނެގުމާގުޅޭ:
މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ، ކ. ތިލަފުށީގެ ލޮޓް ނަންބަރު:b 30068 ގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތައް އެ ސަރަރަހައްދުން ނެގުމަށް ބޭނުންނެވެއެވެ.
ވީމާ، އެއްކަރުދާސް ކުރެވިފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި ބަހައްޓާފައިވާ އުޅަނދުތަކުގެ ވެރިފަރާތެއް ވާނަމަ، މި ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުމަށްފަހު، މިއަދުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި އެ އުޅަނދުތައް އެ ސަރަހައްދުން ނެންގެވުން އެދެމެވެ. އަދި ދެންނެވުނު މުއްދަތުގެ ތެރޭގައި އުޅަނދުތައް އެ ސަރަހައްދުން ނަގާފައި ނުވާނަމަ، އެއީ ވެރިފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ އުޅަނދުތަކެއް ކަމުގައި ބަލައި، މި ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން އެ ތަކެއްޗާމެދު އަމަލުކުރެވޭނެ ވާހަކަވެސް އާންމުކޮށް އަންގައި އިއުލާން ކުރަމެވެ.
އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން މި ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ.
15 ރަބީޢުލްއާޙިރު 1447
07 އޮކްޓޯބަރު 2025