ބީލަން
ނަންބަރު: (IUL)221-ASS/221/2025/48
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 15 އޮކްޓޫބަރު 2025 13:00
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީންދޭ މައުލޫމާތާއި އެއްގޮތަށް އަލިފާން ނިންވުމަށް ބޭނުން ކުރަމުންދާ ފުޅިތަކާއި އާލާތްތައް ސާރވިސްކޮށް ބަލަހައްޓައިދިނުމާއި ބެހޭ

މި އޮތޯރިޓީގެ އޮފީސް އިމާރާތުގައި މިހާރު ބޭނުން ކުރަމުންދާ އަލިފާން ނިންވުމަށް ބޭނުންކުރަމުންދާ ފުޅިތަކާއި އާލާތްތައް ދެއަހަރުގެ މުއްދަތަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.              

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތު ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2025 އޮކްޓޯބަރ 08 ވާ ބުދަ ދުވަހުން ފެށިގެން 2025 އޮކްޓޯބަރ 15 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ލިންކް:   https://forms.office.com/r/a2nyQvPBby

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހުގެ 13:30 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

08 އޮކްޓޫބަރު 2025