މަސައްކަތް
ނަންބަރު: (IUL)492-PS/492/2025/150
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 16:07
ސުންގަޑި: 16 އޮކްޓޫބަރު 2025 11:30
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
މުރަނގަ އާލާ ކުރުމުގެ ޕްރޮގްރާމް ހިންގުމަށް ކޮންސަލްޓެންޓެއް ހޯދުން

މި މިނިސްޓްރީގެ ދަށުން މުރަނގަ އާލާ ކުރުމުގެ ޕްރޮގްރާމް ހިންގުމަށް ކޮންސަލްޓެންޓެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)492-PS/492/2025/145  އިޢުލާނާ ގުޅިގެން، އެއްވެސް ފަރާތަކުން ބިޑް ހުށަހަޅައިފާ ނުވާތީ މި މަސައްކަތަށް އަލުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 16 އޮކްޓޯބަރ 2025ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ސްޓަރ ކްލައުޑްސް ބިލްޑިންގ 5 ވަނަ ފަންގިފިލާ، މަޖީދީމަގު) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:30 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3309333 އަދި 3309331 ނަންބަރު ފޯނަށެވެ.

07 އޮކްޓޫބަރު 2025