ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ޓްރާންސްކްރިޕްޓް އަދި ސެޓްފިކެޓް ކަރުދާހާއި، ޖަވާބު ކަރުދާސް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ޓްރާންސްކްރިޕްޓް އަދި ސެޓްފިކެޓް ކަރުދާހާއި، ޖަވާބު ކަރުދާސް ޕްރިންޓްކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)170-PR/170/2025/142) (06 އޮކްޓޯބަރު 2025) އިޢުލާންގެ މަޢުލޫމާތުކަރުދާހަށް ބަދަލުތަކެއް އައިސްފައިވާތީ، އެ ބީލަން ބާޠިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން މި ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުޅުވުން.
މި އިޢުލާން އާއި ގުޅިގެން ބާއްވާ ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.
މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް
ބީލަމާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން |
09 އޮކްޓޯބަރު 2025ގެ 10:30 ގައި |
ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި |
15 އޮކްޓޯބަރު 2025ގެ 14:00 އަށް |
އަންދާސީ ހިސާބު ހުށަހެޅުން |
16 އޮކްޓޯބަރު 2025ގެ 10:30 ގައި |
10 ރަބީއުލް އާޚިރު 1447