ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)385/385/2025/23
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 23 އޮކްޓޫބަރު 2025 18:00
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރިވެޓްމެންޓް މަސައްކަތަށް ރަށުގެ ކުޑަ ބަނދަރު ސަރަހައްދު ހުސްކުރުމާ ގުޅޭ

އިޢުލާން

ރިވެޓްމެންޓް މަސައްކަތަށް ރަށުގެ ކުޑަ ބަނދަރު ސަރަހައްދު ހުސްކުރުމާ ގުޅޭ

ތ. ދިޔަމިގިލީގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލަ އަދި އެހެނިހެން ސާމާނު ބެހެއްޓުމަށްޓަކައި، ރަށުގެ ކުޑަބަނދަރު ސަރަހައްދު ބޭނުންވެފައިވާތީ، މި ސަރަހައްދުގައި މިހާރު ބަހައްޓާފައިވާ އަމިއްލަ ފަރާތްތަކުގެ އޮޑިދޯނިފަހަރާއި އެހެނިހެން ތަކެތި، މިއަދު (07 އޮކްޓޯބަރ 2025، އަންގާރަ) އިން ފެށިގެން 23 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 18:00 ގެ ނިޔަލަށް ނަގައި، އެ ސަރަހައްދު ހުސްކޮށްދެއްވުމަށް އެދި ދަންނަވަމެވެ.

މި މުއްދަތު ހަމަވާއިރު އެ ސަރަހައްދުގައި ނުނަގާ އެއްވެސް ފަރާތެއްގެ ތަކެތި ހުރިނަމަ، އެ ތަކެތި ކައުންސިލުން ނަގާނެ ވާހަކަ ދަންނަވަމެވެ. އަދި، ކައުންސިލުން މިފަދަ ތަކެތި ނެގުމުގައި ލިބިދާނެ ގެއްލުމުގެ ޒިންމާ ކައުންސިލުން ނުނަގާނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ،މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

15 ރަބީޢުލްއާޚިރު 1447 ހ

07 އޮކްޓޫބަރު 2025