ކުއްޔަށް ދިނުން
ނަންބަރު: (IUL)298/298/2025/47
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 15:40
ސުންގަޑި: 08 އޮކްޓޫބަރު 2025 11:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެންޓީން ކުއްޔަށް ދޫކުރުމާގުޅޭ

މި އިޢުލާންވަނީ 08 އޮކްޓޫބަރު 2025 10:42 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ކެންޓީން ކުއްޔަށް ދޫކުރުމާގުޅޭ

13 އޮކްޓޫބަރ 2025 ން ފެށިގެން 11 ދުވަހުގެ މުއްދަތަށް އަލިފުށީގައި ކުރިއަށްދާ ރ.އަތޮޅު ކައުންސިލްގެ އަރުތަ ވޮލީމުބާރާތް 2025 ގައި މެޗްތައް ކުޅެމުންދާވަގުތު ވޮލީކޯޓު ސަރަހައްދުގައި 4 ކެންޓީން ހިންގާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ކެންޓީނުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ބޮޑު ކުއްޔެއް ހުށަހަޅާ 4 ފަރާތަށެވެ. އަދި ކެންޓީން ކުއްޔަށް ނެގުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ވީމާ، ކެންޓީން ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކަކުން 08 އޮކްޓޫބަރ 2025 ވާ ބުދަ ދުވަހު 11:00 ށް އަލިފުށީ ކައުންސިލްއިދާރާއަށް ދުރުވެ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހަޅާނީ މި އިޢުލާނާއެކު ޢާންމުކޮށްފައިވާ ފޯމުންނެވެ. ފޯމު ހުށަހަޅާއިރު މަޢުލޫމާތު ފުރިހަމަ ނުކުރާ ފޯމާއި، ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

14 ރަބީޢުލްއާޚިރު 1447

06 އޮކްޓޫބަރު 2025