| މަގާމު:                   ބޭނުންވާ ޢަދަދު: މަގާމުގެ ބާވަތް: މަގާމުގެ ރޭންކް:  ސެކްޝަން / ޔުނިޓް: އޮފީސް: ވަޒީފާ އަދާކުރަންޖެހޭ ތަން: މުސާރަ: ސަރވިސް އެލަވަންސް: ސްޕެޝަލް ޑިއުޓީ އެލަވަންސް އިތުރު އިނާޔަތްތައް: | ހިއުމަންރިސޯސް އޮފިސަރ، / JN-31 1 (އެކެއް) ދާއިމީ DMA4-1 އެޑްމިން އެންޑް އެޗް.އާރު ޔުނިޓް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ މަހަކު 7495.00 ރުފިޔާ މަހަކު 2998.00 ރުފިޔާ މަހަކު 3372.75 ރުފިޔާ 1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. | 
| މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް: | 
| 
ރާއްޖެއަށް ކުރިމަތިވެދާނެ ކާރިޘާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިދާރީބައިން ދޭންޖެހޭ އެއްބާރުލުން ދިނުން.މިއޮތޯރިޓީގެ އިމަރޖެންސީ އޮޕަރޭޝަން މަސައްކަތްތައް ކުރުމުގައި އީ.އޯ.ސީގެ ޑިއުޓީ އޮންކޯލް ޓޭބަލްއާއި އެއްގޮތަށް ހަފްތާގައި ފޯނުލޮގްކޮށް ބެލެހެއްޓުން. އެޗް. އާރު ޔުނިޓަށް ލިބޭ ސިޓީ، މެމޯ، އޮފީސް އީމެއިލް އަދި ޗިޓްފަދަ ލިޔުންތަކަށް ޖަވާބުދީ އެ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.ވަޒީފާ ދެއްވާ/ވަކި/ބަދަލު ކުރާ މުވައްޒަފުންގެ ވަޒީފާގެ ޗިޓް ތައްޔާރުކުރުމާއި، ވަޒީފާ އެއްބަސްވުން އަދި ވަޒީފާ ބަޔާން ތައްޔާރުކޮށް ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކުރުން.މުވައްޒަފުންގެ ޙާޟިރީ އާއި ޗުއްޓީގެ މަސައްކަތްތައް އެޓެންޑެންސް ސިސްޓަމް މެދުވެރިކޮށް ބެލެހެއްޓުން އަދި މިކަމާއި ގުޅިގެން ދިމާވާ މައްސަލަތައް ހައްލުކުރުން.މިއޮތޯރިޓީގެ މުވައްޒަފުންގެ މުސާރައާއި ގުޅިގެން އެޗް.އާރުން ތައްޔާރު ކުރަންޖެހޭ ރިޕޯރޓުތައް ތައްޔާރުކޮށް މުސާރަ ދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމުތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރުން އަދި އެ މަސައްކަތާއިގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން.މުވައްޒަފުންގެ ކުރިއެރުމަށް ދޭންޖެހޭ ޓްރޭނިންގ ރިކުއަރމަންޓް އެކުލަވާލުން މަސައްކަތްތައް ކުރުމާއި،  ޓްރޭނިންގ ތަކުގައި މުވައްޒަފުން ބައިވެރި ކުރުމުގެ މަސައްކަތްތައް ކުރުން.ދާއިމީ އަދި ވަގުތީ ރަޖިސްޓްރީ އާއި މަގާމުތަކުގެ ރަޖިސްޓްރީތަކަށް އަންނަ ބަދަލުތައް ބެލެހެއްޓުމާއި މުވައްޒަފުންގެ ރެކޯޑް ފައިލްތަކަށް ލާންޖެހޭ ލިޔުންތައް ފައިލްކޮށް ފައިލްތައް ގަވާއިދުން ބެލެހެއްޓުން.އަހަރު ރިޕޯޓާއި ތައްޔާރު ކުރުމުގެ މަސައްކަތްތަކުގަ އާއި އަހަރީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރަން ޖެހޭ ދުވަސްވަރުގައި އެ މަސައްކަތްތަކަށް އިދާރީ އެހީތެރިކަން ދިނުން އަދި މީގެއިތުރުން މިއޮތޯރިޓީގެ ރަސްމީ މަސައްކަތާއިގުޅެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން. މިއޮތޯރިޓީގެ އަހަރު ރިޕޯޓު އަދި ޔައުމިއްޔާ ލިޔުމަށް ބޭނުންވާ އެޗް. އާރުގެ މަޢުލޫމާތު ފޯރުކޮށް ދިނުން.  | 
| މަގާމުގެ ޝަރުތުތައް: | 
| 
މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން (އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސަސް މެނޭޖްމަންޓް) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.މަސައްކަތާ ގުޅުންހުރި ދާއިރާ (އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސަސް މެނޭޖްމަންޓް) އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް އޮތުމާއެކު 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  | 
| ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް: | 
| 
ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއި އެޓޭޗްކޮށްފައި)   2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)   3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.   4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.   5. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ       (ށ) މަތީމަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.    7. ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ  ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. | 
| ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
| 
ތަޢުލީމާއި ތަމްރީން އަދި ތަޖުރިބާއަ ލިބިފައިވާ މިންވަރު %45ލިބިފައިވާ މަސައްކަތުގެ ހުނަރާއި، (އިންޓަރވިޔު/ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލް) ފެންވަރާއި ޤާބިލްކަމާއި ސިފަތައް %55 | 
| މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: | 
| މަގާމުތަކަށް އެދި ހުށައަޅާންޖެހޭ ތަކެތި ހުށައަޅާނީ 14 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. | 
| ޝޯޓް ލިސްޓް ކުރުން: | 
| މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ. | 
| އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: | 
| މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 20-27 އޮކްޓޫބަރު 2025 އާ ދެމެދު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ. | 
| ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން: | 
| އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | 
|  މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ. |