ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)409/409/2025/69
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:10
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
20 އަހަރުގެ ޤައުމީ ތަރައްޤީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ބޭއްވޭ މަޝްވަރާ ބައްދަލުވުން

                  ދިވެހިރާއްޖޭގެ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ޤައުމީ ތަރައްޤީގެ ޕްލޭން – 'ވިލުންތެރި ރާއްޖެ 2045 – އެންމެނަށް ފާގަތިކަން'  އެކުލަވާލުމުގައި އެންމެހައި ފަރާތްތަކުން ބައިވެރިވުމާއެކު މަޝްވަރާކޮށް ޚިޔާލު ހޯދުމަކީ މިޕްލޭން ތައްޔާރުކުރުމުގެ ވަރަށް މުހިންމު މަރުހަލާއެކެވެ. މިމަޝްވަރާގެ މަޤްސަދަކީ މިޕްލޭނަކީ ރާއްޖޭގެ ހުރިހައި ރަށްރަށެއްގައި ދިރިއުޅޭ މުޖުތަމައުތަކުގެ ޚިޔާލާއި މަޝްވަރާގެ މައްޗަށް ބިނާކުރެވިގެން އެކުލަވާލެވޭ ޕްލޭނަކަށް ހެދުމެވެ. މިގޮތުން ގއ.ނިލަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓައުންހޯލް ބައްދަލުވުން 07 އޮކްޓޯބަރ 2025 ވާ އަންގާރަ ދުވަހުގެ 20:15 ގއ.ނިލަންދޫ ސްކޫލް  ހޯލުގައި އޮންނާނެއެވެ.

       މިމަޝްވާރާ ބައްދަލުވުމުގައި މިދަންނަވާ ދާއިރާތައް ތަމްސީލުކުރައްވާ ފަރާތްތަކާއި، އާންމު ރައްޔިތުން ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ.

  • ސިޔާސީ ޕާޓީތައް
  • ރަށުރައްޔިތުންނާއި ރަށްވެހިން

                   މިހެންވެ، މިކަންއާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                        13   ރަބީޢުލްއާޚިރު      1447

06 އޮކްޓޫބަރު 2025