ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)VLAC-JOB/2025/02
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 15 އޮކްޓޫބަރު 2025 12:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީއަށް ސަޕޯރޓް ސްޓާފުގެ މަޤާމަށް މުވައްޒަފުން ހޯދުމަށް

 

 މަޤާމް:

 ސަޕޯރޓް ސްޓާފް

 މަޤާމުގެ ނަންބަރު:

2025001،2025002 

 ބޭނުންވާ ޢަދަދު:

 02

 މަޤާމުގެ ގިންތި:

 ކޮންޓުރެކްޓް

 މުއްދަތު

 1 އަހަރު ( އަހަރުވުމުން ކުންފުނިން ބޭނުންނަމަ ކޮންޓުރެކްޓް އާކުރެވޭ ގޮތަށް)

 ވަޒީފާއަދާކުރަންޖެހޭ ތަން:

 ނ.ވެލިދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް

 މުސާރަ:

 3500 ރުފިޔާ

 ހާޒިރީ އެލަވަންސް

ހާޒިރުވާ ކޮންމެދުވަހަކަށް 100 ރުފިޔާގެ ރޭޓުން (2300 ރުފިޔާ) 

 ލިވިންގ އެލަވަންސް

 2200 ރުފިޔާ

 އެހެނިހެން އެލަވަންސް:

 ކުންފުނިން ހަމަޖައްސައިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 މަޤާމްގެ މައިގަނޑު   މަސްއޫލިއްޔަތު:

 

  1. ކުންފުނީގެ ބޯޑުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުންފުނީގެ ވެރިން އަންގާ ގޮތެއްގެ މަތިން ކުރުން.
  2. ކުންފުނިން ބަލަހައްޓާ ބިންތައް ކުނިކަހާ، އެސަރަޙައްދުގައި ހުންނަ ބޮޑަތި ގަސްތަކުގެ ގޮފިތައް ކޮށާ، ފަޅާފައިވާ ވިނަތައް ބޯވިޔަ ނުދީ ނޮޅާ ސާފްކޮށް، ބެލެހެއްޓުން.
  3. ކުންފުނިން ބަލަހައްޓަމުންދާ ބިންތަކުގައި ގަސްއިންދާ ފެންދީ ބެލެހެއްޓުން.
  4. ކުންފުނީގެ ވެހިކަލްތައް ސާފުކޮށް ބެލެހެއްޓުން.
  5. ކުންފުނިން ބަލަހައްޓަމުންދާ ތަންތަނުގެ މަރާމާތުތައް ކުންފުނިން އަންގާ ގޮތަށް ކުރުން.
  6. ކައުންސިލާއި ކުންފުންޏާއެކު އެއްބަސްވެވޭ ކައުންސިލްގެ މުނިސިޕަލް ހިދުމަތްތައް ދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  7. ކުންފުނިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކުންފުނީގެ ވިޔާފާރި ތަކުގައި ހިމެނޭ މަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން.

 މަޤާމުގެ ޝަރުތުތައް:

 .1- ލިޔަންކިޔަން އެނގުން.

 ހުށަހަޅަންޖެހޭލިޔުންތައް:

 1- ފުރިހަމަކޮށްފައިވާ ކުންފުނީގެ ވަޒީފާއަށް އެދޭފޯމް ( މިފޯމް ކުންފުނީގެ އޮފީހުން)   ލިބެންހުންނާނެއެވެ.

 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް   ހިމެނޭގޮތަށް)

 3- ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވާ   ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް   ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް   ނުވަތަ  ޑްރައިވިންގ ލައިސަންސް

 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 ވަޒީފާއަށް އެންމެ   ޤާބިލުފަރާތެއް ހޮވުމަށް   ބެލޭނެ  ކަންތައްތައް:

 1-  އަސާސީ ޝަރުތު ހަމަވުން ( 50%)

 2-  އިންޓަރވިއު  ( %50)

 މި މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހުންގެ ތެރެއިން އެންމެ މަތިން   ޕޮއިންޓުލިބިފައިވާ ފަރާތެވެ.

 މަޤާމަށް އެދެންވީގޮތާއި   ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޮކްޓޫބަރު 2025 ގެ މެންދުރު 12:00 ގެ   ކުރިން މިކުންފުނީގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް   އީމެއިލް  [email protected]މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

 އިންޓަރވިއު އަދި އިމްތިޙާން   އޮންނާނެތަނާއި، މުއްމުދަތު

 މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 19 އޮކްޓޫބަރު 2025 އާއި 21   އޮކްޓޫބަރު 2025 އާދެމެދުއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6563946 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected]އަށެވެ. ކުންފުނީގެ އޮފީހުން ފޯމް ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައި ހެދުނު 9:00 ން މެންދުރު 12:00 އަށެވެ.

 
 
06 އޮކްޓޫބަރު 2025