ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-HRS-IUL/2025/71
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 14 އޮކްޓޫބަރު 2025 23:59
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް

މަޤާމު:

އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

CSC-J-418695

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

CSC4-1

މަޤާމުގެ ކްލެސިފިކޭޝަން:

ސީ.އެސް.ސީ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސިވިލް ސަރވިސް ކޮމިޝަން، ކ. މާލެ

މުސާރަ:

މަހަކު -/8,740 ރުފިޔާ

ސަރވިސް އެލެވަންސް:

ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3,059.00 ރުފިޔާ (އަސާސީ މުސާރައިގެ %35)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނުން ކުރާ މައިގަނޑު މަސައްކަތް:

ކޮމިޝަނަރސް ބިއުރޯގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓުގެ އަދި ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާ ގުޅޭ ގޮތުން  ރައްޔިތުންނަށްދޭ ޚިދްމަތްތަކުގެ ފެންވަރުމަތިކޮށް ޒަމާނީ އުސޫލުތަކާއެއްގޮތަށް ދިނުމާގުޅޭގޮތުން ޕަބްލިކް ރިލޭޝަންސް ކެމްޕޭންތައް ފަރުމާކޮށް އެކަންކަން ހިންގައި ބެލެހެއްޓުމާއި މީސްމީޑިއާއަށް ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދޭންޖެހޭ ޚަބަރާއި މަޢުލޫމާތު އަދި ނޫސްބަޔާން ފަދަ ތަކެތި ތައްޔާރުކޮށް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެމަތިން އާންމުކުރުމާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް އަދި ހުރިހާ ސޯޝަލް މީޑީޔާ އަދި ކޮމިޝަނުގެ ޑިވިޜަނެއް ކަމަށްވާ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ވެބްސައިޓް އަދި ހުރިހާ ސޯޝަލް މީޑީޔާ ކަންކަން ބަލަހައްޓައި، ގަވާއިދުން އަޕްޑޭޓްކުރުން ހިމެނެއެވެ.

 

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮމިޝަނަރސް ބިއުރޯގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓުގެ މެންޑޭޓުގައި ހިމެނޭ މަސައްކަތްތައް އަމަލީގޮތުން ކުރުން.
  2. ކޮމިޝަނަރސް ބިއުރޯގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓުގެ މަސައްކަތާގުޅޭ އުސޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރތަކާއި ގައިޑްލައިންތައް އަދި ސަރވިސް ސްޓޭންޑަރޑްތައް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން އެކުލަވާލުމާއި، ގަވާއިދުން މި ތަކެތި ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަދާހަމަކޮށް ބެހެޓުން.
  3. ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ކޮމިޝަނުގެ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކަނޑައެޅޭ މުވައްޒަފުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާއި އިންތިޒާމުތަކަށް ގެންނަންޖެހޭ ބަދަލުތައް ހަމަޖެހިފައިވާ އުސޫލުން ގެނެސް، އެ ކަންކަން ޤާނޫނުގައިވާ ގޮތުގެ މަތިން ފުރިހަމަވެ، ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް ވެބްސައިޓް އަދި ސޯޝަލް މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް މަޢުލޫމާތު ފޯރުވައިދެވޭކަން ކަށަވަރުކުރުން.
  4. ކޮމިޝަނަރސް ބިއުރޯގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓުގެ އެކްޓިވިޓީ ޕްލޭން ކޮންމެ އަހަރަކު އެކުލަވާލައި އެއާ އެއްގޮތަށް މަސައްކަތްތައް ކުރުން.
  5. ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް އަދި ހުރިހާ ސޯޝަލް މީޑީޔާ އަދި ކޮމިޝަނުގެ ޑިވިޜަނެއް ކަމަށްވާ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގެ ވެބްސައިޓް އަދި ހުރިހާ ސޯޝަލް މީޑީޔާ ކަންކަން ބަލަހައްޓައި، ގަވާއިދުން އަޕްޑޭޓްކުރުން.
  6. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއިން ރައްޔިތުންނަށްދޭ ޚިދްމަތްތަކުގެ ފެންވަރުމަތިކޮށް ޒަމާނީ އުސޫލުތަކާއެއްގޮތަށް ދިނުމާގުޅޭގޮތުން ޕަބްލިކް ރިލޭޝަންސް ކެމްޕޭންތައް ފަރުމާކޮށް އެކަންކަން ހިންގައި ބެލެހެއްޓުން.
  7. މީސްމީޑިއާއަށް ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދޭންޖެހޭ ޚަބަރާއި މަޢުލޫމާތު އަދި ނޫސްބަޔާން ފަދަ ތަކެތި ތައްޔާރުކޮށް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެމަތިން އާންމުކުރުން.
  8. ކޮމިޝަނުން މީޑިއާއަށް ދިނުމަށް ކަނޑައެޅިފައިވާ މަޢުލޫމާތު ކޮމިޝަނުގެ މީޑިއާ އުސޫލާ އެއްގޮތަށް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާ އެ މަޢުލޫމާތު މީޑިއާއަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
  9. ކޮމިޝަނުން ހިންގާ އެކިއެކި ޙަރަކާތްތައް، އެޙަރަކާތެއް ފެށުމުގެ ކުރީންނާ، ޙަރަކާތް ހިނގަމުންދާއިރު މީސްމީޑިއާ މެދުވެރިކޮށް ޢާއްމުންނަށް މަޢުލޫމާތު ހިއްސާކުރުން.
  10. ކޮމިޝަނުން ހިންގާ އެކިއެކި ޙަރަކާތްތައް މީސްމީޑިޔާއާއި އެހެނިހެން ވަޞީލަތްތަކުގެ ބޭނުންކޮށްގެން ޕްރޮމޯޓުކުރުން.
  11. ކޮމިޝަނުން މީޑިއާގައި ހިއްސާކުރާ މަޢުލޫމާތު އާކައިވްކޮށް ބެލެހެއްޓުމާއި މީޑިއާގެ ވިއުގަ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  12. ކޮމިޝަނުގެ ފަރާތުން ޚަބަރު ފަތުރާ އެކި އިދާރާތަކާ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމާއި ކޮމިޝަނާބެހޭ މަޢުލޫމާތު ދިނުމަށް މީޑިއާތަކަށް އެރުމުގެ އިންތިޒާމުތައް ހަމަޖައްސާ ކަމާބެހޭ މުވައްޒަފުން އެ ތަންތަނަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  13. ސިވިލް ސަރވިސް ކޮމިޝަނުގެ އަދި އިންސްޓިޓިއުޓުގެ ވެބްސައިޓުގައިވާ ކޮންޓެންޓުތައް/މަޢްލޫމާތުތައް ދުވަހުން ދުވަހަށް ބަލައި އިސްލާހުކޮށް، އަދާހަމަކުރަންޖެހޭ މަޢުލޫމާތުތައް ކަމާބެހޭ ސެކްޝަންތަކުން ނުވަތަ މުވައްޒަފުން މެދުވެރިކޮށް ހޯދައި ދުވަހުން ދުވަހަށް މަޢްލޫމާތުތައް އަދާހަމަކުރުން.
  14. ކޮމިޝަނުގެ މަސައްކަތްކަތާއި، ކޮމިޝަނުން އެކުލަވާލާ އެކި އުސޫލުތަކާއި، ކޮމިޝަނުގައި ޢަމަލުކުރެވޭ އެކި އުސޫލުތަކަށް ގެނެވޭ ބަދަލުތަކާއި، ކޮމިޝަނުން ބައިވެރިވާ އެކި ސެމިނާ ވަރކްޝޮޕް ބައްދަލުވުންތަކާއި، ކޮމިޝަނުގެ ފަރާތުން އެކި ޤައުމުތަކަށާއި އިދާރާތަކަށް ކުރެވޭ ޒިޔާރަތްތަކާއި، ކޮމިޝަނަށް އެކިފަރާތްތަކުން ކުރާ ޒިޔާރަތްތަކާއި، ކޮމިޝަނުގެ މަސައްކަތްތަކާގުޅޭ ތަފާސްހިސާބުތަކާއި، ކޮމިޝަނުން ރާވާ އެކި އިވެންޓްތަކާއި އެ ހުރިހާ ކަންކަމާގުޅޭ ޚަބަރުތައް ކަމާބެހޭ ސެކްޝަންތައް ލައްވާ އުފައްދައި، އެތަކެތި ޗެކުކޮށް ކޮމިޝަނުގެ ވެބްސައިޓާއި މީސް މިޑީއާގެ ވަސީލަތްތަކުގައި ޝާއިޢުކޮށް ޢާއްމުކުރުން.
  15. ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓާއި އިންސްޓިޓިއުޓްގެ ވެބްސައިޓަކީ ބޭނުންތެރި މަޢުލޫމާތު ހިމެނޭ ވެބްސައިޓަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، ގެންނަންޖެހޭ ބަދަލުތައް ކަމާބެހޭ މުވައްޒަފުންނާގުޅިގެން ގެނައުން.
  16. ކޮމިޝަނުގެ އިދާރާގައި ބޭނުންކުރާ ޓީވީތަކުން އިދާރާގެ މުވައްޒަފުންނާ ބެހޭ މަޢުލޫމާތާއި އިދާރާއިން މުވައްޒަފުންނަށް ދޭން ބޭނުންވާ ތަފާތު މެސެޖުތަކާއި މަޢުލޫމާތާއި އެހެނިހެން އާންމު މަޢުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކޮށް ހިންގައި ބެލެހެއްޓުން.
  17. ކޮމިޝަނުގެ އިދާރާގެ ޑިވިޜަން/ސެކްޝަން/ޔުނިޓުތަކުން ތައްޔާރުކުރަންޖެހޭ ބިޒްނަސް ކާޑާއި، ސެޓްފިކެޓްތަކުގެ ޑިޒައިން އަދި ލޭއއުޓް ހެދުން.
  18. އެސައިން ކުރެވިފައިވާ ކޭސްތައް އަދި ޓާސްކްތަކުގެ ޕްރޮގްރެސް ދުވަހުން ދުވަހަށް ވެޔޮ އަދި ސައްލާގައި ރެކޯޑް ކުރަމުންގެންދިޔުން.
  19. ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުމާއި،  ކޮމިޝަނުން އަދި ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

ޕަބްލިކް ރިލޭޝަންސް ނުވަތަ މާކެޓިންގ ނުވަތަ ގްރެފިކްސް ޑިޒައިންގެ ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން،

ނުވަތަ،

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 3 އަހަރު ދުވަހު މަސައްކަތްކޮށް،   ޕަބްލިކް ރިލޭޝަންސް ނުވަތަ މާކެޓިންގ ނުވަތަ ގްރެފިކްސް ޑިޒައިންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) ކޮމިޝަނުގެ ވަޒީފާތަކަށް އެދި ހުށަހަޅާ ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ތައުލީމީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓްތަކަކަށް ވާންވާނެއެވެ. މިގޮތުން، ދަރިވަރު ކިޔަވާފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ކަމުގައިވީނަމަވެސް، ދަރިވަރު ކިޔަވާފައިވާ ކޯހުގެ ސެޓްފިކެޓް އެވޯޑިން ބޮޑީއަކީ ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒެއްނަމަ، އެ ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓަކަށް ވާންވާނެއެވެ. އަދި ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާ ނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް އެ އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓް ހުށަހަޅަން ވާންވާނެއެވެ.

(ށ) ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީހު ހިމަނާފައިވާނަމައެވެ..

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

  1. މަސައްކަތުގެ ތަޖުރިބާގެ މުއްދަތު ހިސާބުކުރާނެ ގޮތާއި ޕޮއިންޓްދެވޭނެ ގޮތް "ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2022 ފުރަތަމަ އިސްލާހު" ގައި ބަޔާންކުރެވިފައިވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން (30 އިންސައްތަ)
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (5 އިންސައްތަ)
  3. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ މަސައްކަތާ ގުޅޭ ތަޖުރިބާ (5 އިންސައްތަ)
  4. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (15 އިންސައްތަ)
  5. އިންޓަރވިއު (ޕްރެޒެންޓޭޝަނާއެކު) (45 އިންސައްތަ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހުގެ 23:59 ގެ ނިޔަލަށް، ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected]  މެދުވެރިކޮށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 19 އޮކްޓޫބަރު 2025 އާ 18 ނޮވެންބަރު 2025 އާ ދެމެދުއެވެ. ޕްރެކްޓިކަލްސް އަދި އިންޓަރވިއު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު އާއްމު ކުރެވޭނެއެވެ. އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓް)"  އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307357/3307358 ނަންބަރު ފޯނާ ނުވަތަ އެޗް.އާރު. ހޮޓްލައިން 7598991 މޮބައިލަށެއެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

05 އޮކްޓޫބަރު 2025