ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ނަންބަރު (MSG)288-TS/288/2025/59 މެސެޖާއި ހަވާލާދީ ދަންނަވަމެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހިންގަމުންގެންދަވާ އޮއިވާލި ކަނދުފަތި ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ނޫނު އަތޮޅު މާފަރުގެ އިރުން ޤާއިމްކޮށްފައިވާ ކަނދުފަތީގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
| 
 ކަނދުފަތީގެ މަޢުލޫމާތު  | 
|
| 
 ޤާއިމްކުރި ސަރަޙައްދު  | 
 ނ. މާފަރުގެ އިރުން 9.5 މޭލުބޭރުން  | 
| 
 ކަނދުފަތީގެ ނަންބަރު  | 
 E10D01-03  | 
| 
 ޤާއިމްކުރި ތާޜީޙު  | 
 30 ސެޕްޓެންބަރު 2025  | 
| 
 ޕޮޒިޝަން  | 
 5 ދަރަޖަ 49.800 މިނިޓް، އުތުރު އަރުޟު (5°49.800’N) 73 ދަރަޖަ 38.800 މިނިޓް، އިރު ތޫލު (73°38.800’E)  | 
އެނގިވަޑައިގަންނަވާނޭ ފަދައިން ދޮށީގެ މަސްވެރިކަމަށް އަމާޒްކޮށް ޤާއިމްކުރާ ކަނދުފަތިތަކަކީ ދަޢުލަތުގެ ބޮޑު ހޭދައެއްކޮށް، ބުރަ މަސައްކަތްތަކަކަށް ފަހު ޤާއިމްކޮށްފައިވާ ކަނދުފަތި ތަކެއްކަމުގައި ދަންނަވަމެވެ. މި ކަނދުފަތި ތަކާއިމެދު ސަމާލުވެ، ކަނދުފައްޗަށް ގެއްލުމެއް ނުދިނުމަށް އިލްތިމާސްކުރަމެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.