ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMSMS/416/2025/89
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 08:50
ސުންގަޑި: 16 އޮކްޓޫބަރު 2025 12:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް ޤުރުއާން މުބާރާތް - 1447

މިކައުންސިލް އިން މިއަހަރު 'މަޑަވެލި ކައުންސިލް ޤުރުޢާން މުބާރާތް – 1447' ގެ ނަމުގައި ޤުރުއާން މުބާރާތެއް 6 ނޮވެމްބަރ 2025 ގައި ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮކްޓޯބަރ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ގޫގުލް ފޯމް ލިންކް މިއިދާރާގެ ފޭސްބުކް ޕޭޖުގައި އަދި ކައުންސިލް ވައިބަރ ގްރޫޕް 'މަޑަވެލި ކައުންސިލް ނޯޓިސްބޯޑް' ގައި ހިއްސާ ކުރެވިފައިވާނެއެވެ.

މިއީ މަޑަވެލީގެ ރައްޔިތުންނާއި، މަޑަވެލީގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ ވާދައިގެ މުބާރާތެކެވެ. ކޮންމެ ބައިވެރިއަކަށްވެސް ބައިވެރިވެވޭނީ އެއް ކެޓަގަރީގައި އަކުން ކޮންމެވެސް އެއް ގޮތްޕެއްގައެވެ. މިގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގައި ބައިވެރިވާ ފަރާތަކަށް ހިތުން ކިޔެވުމުގެ ގޮފީގައި ބައިވެރިއެއްނުވެވޭނެއެވެ. އަދި މި މުބާރާތުގައި ޙާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މުޅި މުބާރާތުގެ ހުރިހާ ގޮތަކުން 1 ވަނައަށް ހޮވޭ ފަރާތަކަށް -/10،000ރ (ދިހަހާސް ރުފިޔާގެ ފައިސާގެ އިނާމް)، 2 ވަނަ އަށް ހޮވޭ ފަރާތަކަށް -/5000ރ (ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމް)، އަދި 3 ވަނަ އަށް ހޮވޭ ފަރާތަކަށް -/4000ރ (ހަތަރުހާސް ރުފިޔާގެ ފައިސާގެ އިނާމް) ވަނީ ކަނޑައެޅިފައެވެ. މީގެ އިތުރުން އެކި ކެޓަގަރީތަކުން ވަނަ ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގައި ބައިވެރިވެވޭ ޢުމުރުފުރާއާއި، މުޤައްރަރު ހިމަނައި މިމުބާރާތުގެ ޤަވާޢިދު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ހޮޓްލައިން ނަމްބަރ: 9356677 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ގޫގަލް ފޯމް ފުރުއްވަން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމް ފުރުއްވުން އެދެމެވެ.

ފޯމް ލިންކް: https://forms.gle/XAofvFGU9fRswT3k7

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

02 އޮކްޓޫބަރު 2025