ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)255/255/2025/57
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 16:46
ސުންގަޑި: 08 އޮކްޓޫބަރު 2025 13:00
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލައުތުރު ފުޓްސަލް މުބާރާތް 2025 އަށް ބޭނުންވާ ތަކެތި ހޯދުން

2025 ވަނަ އަހަރުގެ ތިލައުތުރު ފުޓްސަލް މުބާރާތައް ބޭނުންވާ ޓްރޮފީ، ޝިލްޑް އަދި މެޑަލްތައް ތައްޔާރުކޮއް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  މި ތަކެއްޗާއި ބެހޭ މަޢުލޫމާތު ކަރުދާހާއި ބިޑްރަޖިސްޓްރޭޝަން ފޯމް މި އިޢުލާން އާއިއެކު އެއް ހީރަސްކުރީމެވެ.

ބިޑްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ހީރަސްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2025 އޮކްޓޫބަރު 08 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅައިފައިނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. އަދި، އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅު ވެލައްވާ ނަމަ އެ މުއްދަތުގެ ތެރޭގައި ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމަތު އީމެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުން އޮންނާނީ 2025 އޮކްޓޫބަރު 12  ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގައި ހއ.އުތީމު ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.  

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާ ނަމަ ސިޓީއަކާއިއެކު ހުށަހެޅުއްވުމަށް ވެސް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށައަޅާނީ ސިޓީއުރައެއްގައި ބަންދު ކުރުމަށް ފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށައަޅާ މަސައްކަތުގެ ނަމާއި ހުށައަޅާ ފަރާތުގެ ނަން އޮންނަންވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

02 އޮކްޓޫބަރު 2025