ދިވެހިރާއްޖެ
މިކަމާއި ގުޅޭގޮތުން ކުރެވުނު މިއިދާރާގެ ނަމަބްރ (IUL)416-CAA/416/2025/51 (15 ޖޫން 2025) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މަޑަވެލި ކައުންސިލް އެނުއަލް ފުޓްސަލް ފިޔެސްޓަރ 2025 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
މަޑަވެލި ކައުންސިލް އެނުއަލް ފުޓްސަލް ފިޔެސްޓަރ 2025 (ފިރިހެން) ގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ 2025 އަށް މަޑަވެލި Q1 އެރީނާ ފުޓްސަލް ދަނޑުގައެވެ. މިމުބާރާތުގެ އެއްވަނަ ޓީމަށް -/15000ރ (ފަނަރަ ހާސް ރުފިޔާ) 2 ވަނަ ޓީމަށް -/10000ރ (ދިހަހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ ހަމައެކަނި މަޑަވެލިގެ ޓީމްތަކަށާއި، ކައުންސިލުން ދައުވަތުދޭ ކައިރި ރިސޯޓްތަކަށް އެކަނި ހުޅުވާލެވިގެން ބޭއްވޭ މުބާރާތެކެވެ. ޓީމް ރަޖިސްޓްރީ ކުރުމަށް ތިރީގައިވާ ލިންކް ބޭނުންކުރެއްވުން އެދެމެވެ. މުބާރާތުގައި ޓީމް ރަޖިސްޓްރީ ކުރަންޖެހޭ ފަހު ތާރީޚަކީ 16 އޮކްޓޫބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިންނެވެ.
https://forms.gle/SHBfoGGpWKVhp5W36
ޓީމް ލިސްޓް ހުށަހަޅަންޖެހޭނީ 06 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިންނެވެ. މިއިޢުލާނާއެކު މުބާރާތުގެ ޤަވާޢިދު އަދި ޓިމްލިސްޓް ހުށަހަޅާ ފޯމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އިތުރުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7332200 ނަމްބަރަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.