ކުއްޔަށް ދިނުން
ނަންބަރު: (IUL)227-AD-PM/227/2025/46
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 14 އޮކްޓޫބަރު 2025 13:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއިން ށ.ފުނަދޫގައި ހިންގަމުންގެންދާ ބޭސްފިހާރަ "ފުނަފަތި ފާރމަސީ" ކުއްޔަށް ހިފާނެ ފަރާތެއް ހޯދުން

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. މިއިދާރާއިން ށ.ފުނަދޫގައި ހިންގަމުންގެންދާ ބޭސްފިހާރަ "ފުނަފަތި ފާރމަސީ" ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ކުރެވުނު މި އިދާރާގެ ނަންބަރު (IUL)227-AD-PM-227-2025-42 (02 ސެޕްޓެމްބަރ 2025) އިޢުލާން ބާތިލްކޮށް، މި މަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2025 އޮކްޓޯބަރ 05 ވާ އާދީއްތަ ދުވަހުގެ ހެނދުނު  11:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ.

https://forms.cloud.microsoft/r/iRJP07QfmW

  3. މިބީލަމާއި ގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ‏2025‏ އޮކްޓޯބަރ‏ 07 ވާ އަންގާރަ ދުވަހުގެ ހެނދުނު 13:00ގައި މިއިދާރާގެ މީޓިންގ ރޫމްގައި އޮންނާނެއެވެ. މި ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތްކުގެ ތެރެއިން އޮންލައިންކޮށް ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދެވޭނެއެވެ.  

  4. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސްމިއިދާރާގެ ވެބްސައިޓުން(shaviyani.gov.mv)  ‏2025‏ އޮކްޓޯބަރ‏ 02ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

  5. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ  ‏2025‏ އޮކްޓޯބަރ‏ 14ވާ އަންގާރަ ދުވަހުގެ 13:00ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ބިޑްތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.

  6. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400، 6540427

އީމެއިލް:     [email protected]

ކޮޕީ:        [email protected] [email protected]

02 އޮކްޓޫބަރު 2025