ޢާންމު މަޢުލޫމާތު
ނަންބަރު: 292-MU/171/2025/7
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 09:29
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބަނދަރު ބެލެހެއްޓުމާއި ބޭނުންކުރުމާބެހޭ އުޞޫލަށް ޢަމަލުކުރަން ފެށުން
ނ.މިލަދޫ ބަނދަރު ބެލެހެއްޓުމާއި އެ ބަނދަރު ބޭނުންކުރުމާބެހޭގޮތުން މި ކައުންސިލުން ހަދާފައިވާ އުސޫލަށް މިއަދުން ފެށިގެން ( 1 އޮކްޓޯބަރ 2025 އިން ފެށިގެން ) ޢަމަލު ކުރަމުންދާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އެހެންކަމުން މި އުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެކިއެކި ފަރާތްތަކުން ބަނދަރުގައި ބަހައްޓާފައިވާ މުދަލާއި ތަކެތި އަދި ބަނދަރުގައި އަޅާފައިވާ އުޅަނދުފަހަރު، އެ އުޅަނދެއް ބޭއްވުމަށް މި އުސޫލުގައި ބަޔާންކޮށްފައިވާ ސަރަޙައްދަކަށް 1 ހަފުތާގެ މުއްދަތުގެ ތެރޭގައި ބަދަލުކުރުމަށާއި ބަހައްޓާފައިވާ މުދަލާއި ތަކެތިވެސް މި މުއްދަތުގެ ތެރޭގައި ނެގުމަށް އަންގާ އިޢުލާން ކުރީމެވެ. މި އިޢުލާނާއި އެކު "ބަނދަރު ބެލެހެއްޓުމާއި ބޭނުންކުރުމާއިބެހޭ ޢާންމު އުޞޫލު" ޢާންމުކުރީމެވެ.
09 ރަބީޢުލްއާޚިރު 1447
01 އޮކްޓޯބަރ 2025
01 އޮކްޓޫބަރު 2025