އިޢުލާނު
|
މަޤާމު:
|
ސީނިއަރ އިންޓަނޭޝަނަލް ރިލޭޝަންސް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-408885
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް.އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
އެންވަޔަރަންމަންޓަލް މެނޭޖްމަންޓް އެންޑް ކޮންސަރވޭޝަން ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، މާލެ
|
މުސާރަ:
|
-/7035 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
- ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28. އަދި ޓެކްނިކަލް ކޯ އެލަވަންސް އަށް ޝަރުތުހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 900.00 ރުފިޔާ
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ބޭރުގެ އެކިއެކި ޖަލްސާ ސެމިނަރތަކުގައި ރާއްޖެ ތަމްސީލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ވިލަރެސްކުރުން.
- ތިމާވެށީގެ ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކަށް ޢަމަލުކުރެވެމުންދާގޮތް ބަލާ މޮނީޓަރކުރުން.
- އިންޓަރނޭޝަނަލް ރިލޭޝަންސް އާއި ގުޅޭ އެންމެހާ މަސައްކަތްތައް ރާވައި ހިނގަމުންދާ ގޮތް ބެލެހެއްޓުން .
- މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފައިސާ ބޭނުންވާ ދާއިރާތައް ކަނޑައަޅައި، އަހަރު ދުވަހު ތެރޭ އެހީދޭ ޑޯނަރުންގެ އެހީ ލިބިގެން ހޯދާނެ ޖުމްލަ ފައިސާގެ ޓާގެޓްތަކެއް ކަނޑައަޅައި އެ ހޯދުމަށް މަސައްކަތް ކުރުން.
- ތިމާވެށީގެ މަޝްރޫޢުތައް ހިންގުމަށް ޑޯނަރުންގެ އެހީއަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްތައް ތައްޔާރުކުރުން.
- ތިމާވެށީގެ މަޝްރޫޢުތަކަށް އެހީދޭ ބައިނަލްއަޤްވާމީ އަދި ބައިލެޓްރަލް ޑޯނަރުންނާއި، އެ ފަރާތްތަކުން ލިބެން ހުރި ފުރުސަތުތަކާއި، މިފަދަ އެހީ ދެމުން އަންނަ އެކިއެކި ގޮތްތަކާއި އެހީ ދިނުމުގައި ޑޯނަރުން ގެންގުޅޭ ސިޔާސަތުތަކަށް އަންނަމުންދާ ބަދަލުތަކާބެހޭ ފަހުގެ މަޢުލޫމާތު ހޯދައި އެއްކޮށް، މި ފަދަ ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް ޕާޓްނަރޝިޕްތައް ގާއިމްކުރަމުން ގެންދިއުން.
- މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓު ފިޔަވައި އެހެނިހެން ގޮތްގޮތުން ހޯދުމަށް ރިސޯސް މޮބިލައިޒޭޝަން ސްޓްރެޓްޖީއެއް އެކުލަވާލާ ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ޑޯނަރ އެހީ ލިބިގެން ކުރިއަށް ގެންދާ ތިމާވެށީގެ މަޝްރޫޢުތަކުގެ ދަށުން، ޑޯނަރުންނަށް ފޮނުވަންޖެހޭ ރިޕޯޓްތަކާއި މަޢުލޫމާތު ފޮނުވަމުން ގެންދާގޮތް ބަލާ މޮނީޓަރކުރުން.
- ތިމާވެށީގެ މަޝްރޫޢުތައް ހިންގުމަށް މަލްޓިލެޓަރަލް އަދި ބައިލެޓްރަލް ފަރާތްތަކުން އެހީ ލިބެން ހުރި ފުރުސަތުތަކާބެހޭ މަޢުލޫމާތު ކަމާބެހޭ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ޙިއްސާކުރުން.
- ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ ޕްރޮޖެކްޓްތައް މޮނިޓަރކުރުން .
- ތިމާވެށީގެ މަޝްރޫޢުތަކަށް ލިބޭ އެހީގެ ދަފްތަރެއް ގާއިމުކޮށް ބެލެހެއްޓުން .
- ތިމާވެށިގެ ދާއިރާއިން އެކުލަވާލެވޭ ސިޔާސަތުތަކާއި، ސްޓްރެޓަޖީތަކާއި، ޕްރޮގްރާމްތަކާއި އަދި މަޝްރޫއުތައް އެކުލަވާލުމަށާއި އަދި ހިންގުމަށް ބޭނުންވާ އެހީތެރިކަން ދިނުމާއި ރާއްޖޭގެ ސިޔާސަތުތަކާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ ފަރާތްތަކަށް ރިޕޯޓްކުރުމުގައި ތައްޔާރު ކުރަންޖެހޭ ފްރޭމްވާރކްތައް ތައްޔާރު ކުރުން.
- ތިމާވެށީގެ ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން އުފައްދާފައިވާ ފަންޑުތައްމެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ އެހީތައް ހޯދުމުގައި ޑިޕާރޓްމަންޓުން ކުރަންޖޭހޭ މަސައްކަތްތައް ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ކުރުމުގައި އަދި މިކަމަށް މަގުފަހިކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ކަމާގުޅުންހުރި ފޯކަލް ޕޮއިންޓުންނަށް އެހީތެރިކަން ދިނުން.
- މަސައްކަތާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި އެކު ކުރަންޖެހޭ މުޢާމަލާތުތައް ކުރުމާއި، ތައްޔާރު ކުރަންޖެހޭ ޕޮލިސީ ކަރުދާސްތައް ތައްޔާރު ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެޓްމޮސްފިއަރިކް ކެމިސްޓްރީ
- އެޓްމޮސްފެރިކް ސައިންސް
- ބަޔޯ ޑައިވާސިޓީ
- ކެމިސްޓްރީ
- ކްލައިމެޓް ޗޭންޖް
- ކްލައިމެޓް ސައިންސް
- ކްލައިމެޓޮލޮޖީ
- ކޯސްޓަލް ޒޯން މެނޭޖްމަންޓް
- ޑިވެލޮޕްމަންޓް ސްޓަޑީޒް
- އިކޮލޮޖީ
- އެނަރޖީ
- އެނާރޖީ މެނޭޖްމަންޓް
- އެނާރޖީ ޕޮލިސީ
- އެންވަޔަރަންމެންޓަލް ކެމިސްޓްެރީ
- އެންވަޔަރަންމެންޓަލް ކޮންޒަވޭޝަން
- އެންވަޔަރަންމެންޓަލް އިކޮނޮމިކްސް
- އެންވަޔަރަންމެންޓަލް މެނޭޖުމަންޓު
- އެންވަޔަރަންމަންޓަލް ޕޮލިސީ
- އެންވަޔަރަންމެންޓަލް ސައިންސް
- އެންވަޔަރަމެންޓަލް ސްޓަޑީޒް
- ޖިއޯމެޓިކްސް
- ޖިއޯސްޕާޝިއަލް ސައިންސް
- އިންފޮމޭޝަން ރިސޯސް މެނޭޖްމަންޓް
- އިންޓަނޭޝަނަލް ރިލޭޝަންސް
- މެރިން ބަޔޮލޮޖީ
- މެރިން ކެމިސްޓްރީ
- މެރިން ސައިންސް
- މެރިން ސަރވޭ
- މެރިން ޓެކްނޮލޮޖީ
- މައިކްރޯބަޔޮލޮޖީ
- ނެޗުރަލް ރިސޯސް މެނޭޖްމަންޓް
- އޯގަނިކް ކެމިސްޓްރީ
- ސްޓެޓިސްޓިކްސް
- ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް
- އަރބަން ޕްލޭނިންގ
- ވޭސްޓް މެނޭޖްމަންޓް
- ވޯޓަރ އެންޑް ސެނިޓޭޝަން
- ވޯޓަރ ކެމިސްޓްރީ
- ވޯޓަރ މައިކްރޯބައޮލޮޖީ
- ވޯޓަރ ރިސޯސް މެނޭޖްމަންޓް
- ވޯޓަރ ސައިންސް
- ވޯޓަރ ޓެކްނޮލޮޖީ
ޕްރިފަރޑް ޑިސިޕްލިން(ތައް):
ކޯ ޑިސިޕްލިން(ތައް):
- އެންވަޔަރަންމެންޓަލް މެނޭޖުމަންޓު
- އެންވަޔަރަންމެންޓަލް ސައިންސް
- އިންޓަނޭޝަނަލް ރިލޭޝަންސް
|
ގުޅޭވަޒީފާގެ ދާއިރާތައް:
- އެންވަޔަރަމެންޓް
- އިންޓަނޭޝަނަލް ރިލޭޝަންސް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 އޮކްޓޫބަރު 09 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަނާއިއެކު ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، މެއިލް ކުރައްވާއިރު މެއިލްގެ ސުރުހީގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުންއެދެމެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ، 12 އޮކްޓޫބަރު 2025 އާއި 30 އޮކްޓޫބަރު 2025 އާ ދެމެދު، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018329،3018324 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|