ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އެޕްރިސިއޭޝަން ނައިޓްގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ 30 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ރޭ މާލޭގައެވެ. ހަފްލާގެ އިތުރު މައުލޫމާތު ބީލަމުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް ހިއްސާކުރެވޭނެކަމުގައި ދަންނަވަމެވެ.
ބީލަމުގައި ރަޖިސްޓްރީކުރުން
- ރަޖިސްޓްރީކުރުމުގެ ސުންގަޑި: 05 އޮކްޓޯބަރ 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން
- ރަޖިސްޓްރީކުރުމަށްޓަކައި މިއިޢުލާނާއެކުގައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރެވުނު ފަރާތްތަކަށް މެއިލްގެ ޒަރީޢާއިން އެކަން އެންގޭނެއެވެ.
- މިމުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.
ބީލަން ހެށަހެޅުމާއި ބީލަން ކެނޑުން
- ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން އޮންނާނީ 09 އޮކްޓޯބަރ 2025 ވާ ބުރަސްފަތި ދުވަހުގެ 10:30 ގައި މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ / ކ.ތުލުސްދޫ ގައެވެ.
- ސުންގަޑީގެފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
- ބީލަން އެވޯޑް ކުރުމުގައި މާރކްސް ދެވޭނެ މިންގަނޑުތައް މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ.
މިއިދާރާއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ ނަމްބަރ 6/2013 " ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު " އާއި ނަމްބަރ 18/2014 " ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު އަދި ނަމްބަރ 19/2014 " އަމިއްލަ ފަރުދުންގެ ވިޔަފާރި " ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ވެގެން ގަވާއިދުން ހިންގާ ވިޔަފާރި ތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6644234 އަށެވެ.