މަސައްކަތް
ނަންބަރު: (IUL)282/282/2025/37
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 09 އޮކްޓޫބަރު 2025 13:00
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިދަ ދަނޑި އަދި ރަތް ކާޕެޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

  1. މި އިދާރާއިން ކުރި ނަންބަރު: (IUL)282/282/2025/36 އިޢުލާނާ ގުޅިގެން މި މަސައްކަތް ކުރެއްވުމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުން ހުށަހަޅުއްވާފައިވާ ބިޑުތައް މި ކައުންސިލުން މި މަސައްކަތަށް ކަނޑައަޅާފައިވާ ބަޖެޓަށް ނުފެތޭތީ، އެ އިޢުލާން ބާތިލުކޮށް، މަޢުލޫމާތަށް ބަދަލު ގެނައުމަށްފަހު އަލުން އިޢުލާން ކުރަމެވެ. ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ދިދަ ދަނޑިއާއި ރަތް ކާޕެޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
  2. މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނުނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި ޖަމިއްޔާތަކާބެހޭ ޤާނޫނު (1/2003) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ.
  3. މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު މިއިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ.
  4. މިބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިނުވެއެވެ.
  5. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 އޮކްޓޯބަރ 9 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީ ހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
  6. ހުށަހަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލުގެ އިދާރާ / ށ.މާއުނގޫދޫ، ދިވެހިރާއްޖެ.
ފޯން:          6540056

އީމެއިލް:   [email protected]                                            

01 އޮކްޓޫބަރު 2025