ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށްއެޑިއުކޭޝަނަލް ޓެކްނޮލޮޖީ ކޮންސަލްޓެންންޓެއް ހޯދުމާއި ގުޅޭ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކިޔަވައިދިނުމުގެ ފެންވަރު ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި "އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ކޮންސަލްޓެންޓެއް" ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން މި މަސައްކަތް ކުރުމަށްޓަކައި ކަމާގުޅޭ ދާއިރާއިން ތަޢުލީމު ޙާސިލުކުރައްވާ އަދި ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިމަޤާމުގެ މަސްޢޫލިއްޔަތުތަކާއި ޝަރުތުތައް ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރް) މި އިއުލާނުގައި އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ، މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 އޮކްޓޫބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 ގެ ކުރިން ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ.
ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ
https://forms.gle/PHnn4bPfCUeoaFo28
- އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ހިއުމަން ރިސޯސް ސެކްޝަން / ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ވައިލެޓު މަގު، މާލެ، ދިވެހިރާއްޖެ
ފޯން: 3022100
އީ-މެއިލް: [email protected]