ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)CHSEMALE/2025/56
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 08:40
ސުންގަޑި: 05 އޮކްޓޫބަރު 2025 14:00
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
އިންވިޖިލޭޓަރުން ހޯދުމާ ގުޅޭ

އިޢުލާން


މިސެންޓަރުގެ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ 'އޭ'ލެވެލް އިމްތިހާންގެ އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރާނެ' އޯ'ލެވެލް ފެންވަރު މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު

10

މުސާރަ

ކޮންމެ ސެޝަނަކަށް -/200 ރުފިޔާ

ޝަރުތު

  1. ދިވެހި ރައްޔިތަކަށްވުން
  2. އުމުރުން 18 އަހަރުފުރިފައިވާ މީހަކަށްވުން
  3. ޖީ.ސީ.އީ އޯލެވެލް ފެންވަރަށް އިނގިރޭސިބަސް އެނގޭ މީހަކަށްވުން
  4. އެމީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން
  5. އެމީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓަކަށް ތިރީގައި ބަޔާން ކުރާ މީހަކު ނުވުން (މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑުއެއްބަފާ މީހެއް، އެއްބަނޑު / އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް)

ހުށަހަޅަންޖެހޭ ތަކެތި

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީ.
  • ލިބިފައިވާ ތަޢުލީމް ސެޓްފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހި ކޮޕީ.
  • އެކައުންޓް ނަންބަރު ވެރިފައިކުރާ ސްލިޕް.

 

ސުންގަޑި

ފުރިހަމަކޮށްފައިވާ އިންވިޖިލޭޓަރުންގެ ފޯމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 05 އޮކްޓޯބަރ 2025 ވާ އާދީއްތަ ދުވަހުގެ 14:00 ކުރިން ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން - މާލެއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދޭ ފޯމް މިސެންޓަރުގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މައުލޫމާތު ސާފުކުރުމަށް 3330633 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

 

 

01 އޮކްޓޫބަރު 2025