ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)213-AD/213/2025/90
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 18:09
ސުންގަޑި: 09 އޮކްޓޫބަރު 2025 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކް ގެ އެވޯޑައް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން.

އިޢުލާން

 

 

       2025 ސެޕްޓެމްބަރ 18 ވަނަ ދުވަހު މޯލްޑިވްސް ޕޮލިޓެކްނިކް އިން ކުރެވިފައިވާ ނަމްބަރ: (IUL)213-AD/213/2025/88 އިޢުލާނާއި ގުޅޭގޮތުން ދަންނަވަމެވެ. ދިވެހިރާއްޖޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ (ޓީވެޓް) ގެ  50 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ޚާއްސަ ރަސްމީއްޔާތުގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު 2025 އޮކްޓޫބަރ 09 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ އިތުރުކުރެވިފައެވެ. އަދި އެޕްލިކޭޝަން ފޯމް އިސްލާހުކުރެވިފައިވާ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2025 އޮކްޓޫބަރ 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިންނެވެ. އެޕްލިކޭޝަންތައް އޮންލައިންކޮށް ރަސްމީ ގޫގުލް ލިންކް: https://tinyurl.com/MDV-Polytechnic މެދުވެރިކޮށް، ނުވަތަ މިއިންސްޓިޓިއުޓަށް ވަޑައިގެން، ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވިދާނެއެވެ. އެޕްލިކޭޝަން ފޯމުތައް މޯލްޑިވްސް ޕޮލިޓެކްނިކްގެ ރިސެޕްޝަނުން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ރޭގަނޑު 09:00 އަށް ލިބެން ހުންނާނެއެވެ.

އެންމެހައި މިނިސްޓްރީތަކާއި، މުއައްސަސާތަކާއި، ދައުލަތުގެ ވިޔަފާރި ކުންފުނިތަކުން މި އިޢުލާން އެ ތަންތަނުގެ މުވައްޒަފުންނާ ހިއްސާކޮށްދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ މަސައްކަތު ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ 3002580/3002582 މެދުވެރިކޮށް ގުޅުއްވުން އެދެމެވެ.

30 ސެޕްޓެންބަރު 2025