ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESD/365/2025/108
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 05 އޮކްޓޫބަރު 2025 11:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު "

އިޢުލާން

" ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު "

މ.މުލީ ޢިއްޒުއްދީން ޕާކު އެތެރެ މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކުރަންޖެހޭ މަސައްކަތް

މަސައްކަތު މައުލޫމާތު

 

ޕާކު އެތެރޭގައި ތަކެތި ހަރުކުރާ ބައި ވަކި ކުރުމަށް ބޭނުންވާ އޭރިޔާ ރޭނުން

ކުރެހުމުގައި ވާގޮތަށް ޕާކުގައި  ބޭނުންކުރާ ތަކެތި ހަރުކުރުމަށް ބޭނުންވާ އޭރިޔާ 1 ގަލުގެ އުސްމިނުގައި ރާނާ ދެފުށުގައި ސިމެންތި ޖެހުން ( ފާރު ރާނާނީ 4 އިންޗި ގަލުން )

* (މިކަމަށް ބޭނުންވާ ވެލި ކައުންސިލުން ދޭނެއެވެ. ވެލިގެނައުމަކީ މަސައްކަތް ކުރާ ފަރާތުގެ ކަމެކެވެ)

މަސައްކަތް ފެށުމުގެ ކުރިން

ނަމްބަރު 1 ގައި އެބުނާތަން ރޭނުމުގެ ކުރިން މިހާރު އަޅާފައިވާ ޕޭމަންޓު ގައުތަށްނަގާ ކައުންސިލުން ދައްކާ ތަނެއްގައި ބަހަށްޓަންވާނެއެވެ. އަދި ރާނަންފެށުމުގެ ކުރިން މަށަންދަތިން ފަސްގަނޑު އެއްވަރުކޮށްލަންވާނެއެވެ.

ޕާގުގެ އެތޭރޭގައި ކައުންސިލުން ފާހަގަކުރާ ބައިގާ ތަޅުންއެޅުން

ނަމްބަރު 1 ގައި އެބުނާ ( ތަކެތި އިންސްޓޯލްކުރާ ވެލި އޭރިޔާ އާއި ގަސްއިންދާ އޭރިޔާ ފިޔަވާ ) ކުރެހުމުގައި ފާހަގަކޮށްފައިވާ އޭރިޔާގައި (ދޮޅުއިންޗި ބޯމިނުގައި ) ތަޅުންއެޅުން ( ތަޅުންއަޅާނީ މިހާރު ރާނާފައިވާ ގައުތަކުގެ މަތީ ކައިރިއާއި ހަމައަށެވެ). އަދި ތަޅުންއަޅާނީ 3 ނުވަތަ 4 ފޫޓުގެ ދުރުމިނުގައި ބައިބައި ވަކިވާގޮތަށެވެ.

* ( މިކަމަށް ބޭނުންވާ ވެލި ކައުންސިލުން ދޭނެއެވެ. ވެލިގެނައުމަކީ މަސައްކަތް ކުރާ ފަރާތުގެ ކަމެކެވެ) ގައު ނުވަތަ ތަޅުންއަޅަން ބޭނުންކުރާ ސިމެންތި ގަށާނީ 5 ވެލި 1 ސިމެންތީ ގައެވެ.

ޕާކުގެ އެތޭރޭގައި ޕްލޭހައުސް ހަރުކުރުން

މިހާރު ހުރި ޕްލޭހައުސް ނައްޓާ އެތަނުގައި ޕްލޭހައުސް ހަރުކުރުން (ކައުންސިލުން ޕްލޭހައުސް ދިނުމުން)

ކަރަންޓު

ތަޅުންއެޅުމުގެ ކުރިން ޕާކުގެ ޕޮންޑުގެ ބޭރުފަރާތުގައި ހަރުކޮށްފައިވާ ސުއިޗުތައް ނައްޓާ، އެތިން ބައި 2 ފޫޓު އުސްމިނަށް ރާނާ ދެފުށު ސިމެންތިޖެހުން – ރާނާސިމެންތިޖަހާއިރު ފާރުތެރެއަށް ކަރަންޓުނަރު އެޅޭގޮތަށް ހޮޅިލެއްވުން. (އަލަށް ރާނާ ފާރުކޮޅުގެ ދެކޮޅު ނިންމާނީ ޕޮންޑުގެ ފާރުގެ ދެފަރާތަށް ހުސްވާގޮތަށެވެ)

ކަރަންޓު

25 (ފަންސަވީސް) ދުވަސް

ނޯޓް: މަސައްކަތް ކުރަމުންދާއިރު މަސައްކަތުގެ ސްކޯޕްގެ ތެރެއިން ގެނެވޭ ކުދިކުދި ބަދަލުތައް އެއްވެސް އަގަކާނުލާ ކޮށްދޭންވާނެއެވެ.

ކޯޓޭޝަން ހުށަހެޅުން

ކޯޓޭޝަންތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 05 އޮކްޓޯބަރ 2025 ވާ އާދީއްތަ ދުވަހުގެ 11:00 ގައި  މުލަކަތޮޅު މުލީ ކައުންސިލް އިދާރާގެ މީޓިން ހޯލްގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އެއްވެސް ކޯޓޭޝަންއެއް ބަލައެއް ނުގަނެވޭނެއެވެ.

ކޯޓޭޝަން ހުށަހެޅުމަށް ވަޑައިގަނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން

 އަންގައިދޭ ލިޔުމަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ގެންނަންވާނެއެވެ.

30 ސެޕްޓެންބަރު 2025