ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-DPS/94/2025/33
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 08:08
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހި ޕާސްޕޯޓު ހެއްދުމަށްފަހު، ނުނަގައި ގިނަ ދުވަސް ވެފައިވާ ފަރާތްތަކުގެ ސަމާލުކަމަށް

އިޢުލާން

 

ދިވެހި ޕާސްޕޯޓު  ހެއްދުމަށްފަހު، ޕާސްޕޯޓުގެ ވެރިފަރާތުން ޕާސްޕޯޓާ ހަވާލުނުވެ ގިނަދުވަސް ވަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

 

މިހެންކަމުން، ޕާސްޕޯޓު  ހެއްދުމަށްފަހު ޕާސްޕޯޓާ ހަވާލުނުވެ، 6 މަސް ދުވަހަށް ވުރެ ގިނަދުވަސް ވެފައިވާ ފަރާތް ތަކުން، 2025 ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން، ޕާސްޕޯޓާ ހަވާލުވުމަށް ދަންނަވަމެވެ. އަދި 2025 ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް، ޕާސްޕޯޓާއި ހަވާލުނުވާ ފަރާތްތަކުގެ ޕާސްޕޯޓުތައް، ޤަވައިދު ނަންބަރު 2017/R-83 (ދިވެހި ޕާސްޕޯޓާބެހޭ ޤަވައިދު) ގެ 19 ވަނަ މާއްދާ (ޕާސްޕޯޓު ކެންސަލްކުރުން) ގެ (ށ) ގެ 5 ގައިވާ ގޮތުގެ މަތިން ކެންސަލް ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ސިޓިޒަން ސަރވިސް ޑިވިޜަން،

މޯލްޑިވްސް އިމިގްރޭޝަން،

ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 9555333

އީމެއިލް  : [email protected]

29 ސެޕްޓެންބަރު 2025