ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގައި ހުންނަންޖެހޭ އާލާތްތަކާއި ފުރިހަމަކުރަންޖެހޭ ކަންތައްތައް މިހާރުވަނީ މުރާޖައާ ކުރެވިފައެވެ. ވުމާއެކު 1 ޖަނަވަރީ 2017 އިން ފެށިގެން އުޅަނދުފަހަރު ސަރވޭކޮށް ސަލާމަތީ ސެޓުފިކެޓުތައް ހަދައިދޭނީ ތިރީގައި މިދަންނަވާ ތާވަލުގައި ބަޔާންކޮށްފައިވާ ތަކެއްޗާއި ކަންކަން ފުރިހަމަކޮށްފައިވާކަން ޔަގީން ކުރުމުގެ ގޮތުން ސަރވޭ ކުރުމަށް ފަހުގައެވެ.
މިގޮތަށް އަމަލުކުރަން ޖެހުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިތާމަވެރި ހާދިސާތައް ކަނޑުދަތުރުކުރާ އުޅަނދުފަހަރާ ގުޅޭގޮތުން ތަކުރާރުވަމުންދާތީ، މީހުންނާއި، އުޅަނދުފަހަރާއި، އުޅަނދުފަހަރުން އުފުލާ މުދަލާއި އަދި ކަނޑުގެ ތިމާވެއްޓަށް ލިބޭގެއްލުން ކުޑަކުރުމުގެ ގޮތުންނެވެ.
ކެޓަގަރީ |
ދަތުރުކުރާ ސަރަހައްދު |
މުވާސަލަތީ އާލާތުގެ ތަފުސީލު |
އުޅަނދުފަހަރުގައި މަދުވެގެން ތިބެން ލާޒިމުކުރާ ކެޕްޓަނާއި ފަޅުވެރިންގެ އަދަދު |
އޮންނަންޖެހޭ ލައިސަންސް |
އިންޝުއަރެންސް ޕޮލިސީ |
A |
ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާ ހަމައަށް (200 މޭލާ ހަމައަށް) |
- ވީ.އެޗް.އެފް ސެޓު (ޑީ.އެސް.ސީ އާއެކު) ހުރުމުގެ އިތުރުން ސެޓްލައިޓް ފޯނަކުން މުވާސަލާތު ކުރެވޭނެގޮތަށް ހުރުމާއެކު ޓްރާންސްޕޯޓް އޮތޯރިޓިން ގަބޫލްކުރާ ވެސަލް ޓްރެކިން ނުވަތަ 2187.5 ކިލޯހާޓްޒް އިން ޑީ.އެސް.ސީ އާއި 2182 ކިލޯހާޓްޒް ހުރި ރޭޑިއޯ ޓެލެފޯނެއް - އިމާޖެންސީ ޕޮޒިޝަން އިންޑިކޭޓިން ރޭޑިއޯ ބީކަން (EPIRB) |
- 1 ކެޕްޓަން - 1 މެރިން މެކޭނިކު - 3 ފަޅުވެރިން |
- ނިޔަމިކަމުގެ ސެޓުފިކެޓު ޓަނޭޖު އެންޑޯޒު ކޮށްފައިވާ - މެރިން މެކޭނިކު ސެޓުފިކެޓު - ފަޅުވެރިންގެ ސެޓުފިކެޓު |
ލައެބިލިޓީ އިންޝުއަރެންސް އަދި ހަލް އެންޑް މެޝިނަރީ ކަވަރ |
B |
24 މޭލާ ހަމައަށް (އަތޮޅުގެ އެތެރެވަރި ހިމެނުމާއެކު އަތޮޅުގެ ބޭރު ފަރުން ފެށިގެން 24 މޭލާ ހަމައަށް) |
- ވީ.އެޗް.އެފް ސެޓު (ޑީ.އެސް.ސީ އާއެކު) ހުރުމުގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓިން ގަބޫލްކުރާ ވެސަލް ޓްރެކިން ޑިވައިސްއެއް - އިމާޖެންސީ ޕޮޒިޝަން އިންޑިކޭޓިން ރޭޑިއޯ ބީކަން (EPIRB) |
- 1 ކެޕްޓަން - 1 މެރިން މެކޭނިކު - 2 ފަޅުވެރިން |
- ނިޔަމިކަމުގެ ސެޓުފިކެޓު ޓަނޭޖު އެންޑޯޒު ކޮށްފައިވާ - މެރިން މެކޭނިކު ސެޓުފިކެޓު - ފަޅުވެރިންގެ ސެޓުފިކެޓު |
ލައެބިލިޓީ އިންޝުއަރެންސް އަދި ހަލް އެންޑް މެޝިނަރީ ކަވަރ |
C |
12 މޭލާ ހަމައަށް (އަތޮޅުގެ އެތެރެވަރި ހިމެނުމާއެކު ބޭރު ފަރުން ފެށިގެން 12 މޭލާ ހަމައަށް) |
- ވީ.އެޗް.އެފް ސެޓު (ޑީ.އެސް.ސީ އާއެކު) - އިމާޖެންސީ ޕޮޒިޝަން އިންޑިކޭޓިން ރޭޑިއޯ ބީކަން (EPIRB) |
- 1 ކެޕްޓަން - 2 ފަޅުވެރިން
|
- ނިޔަމިކަމުގެ ސެޓުފިކެޓު ޓަނޭޖު އެންޑޯޒު ކޮށްފައިވާ - ފަޅުވެރިންގެ ސެޓުފިކެޓު |
ލައެބިލިޓީ އިންޝުއަރެންސް އަދި ހަލް އެންޑް މެޝިނަރީ ކަވަރ |
D |
6 މޭލާ ހަމައަށް (އަތޮޅުގެ އެތެރެވަރި ހިމެނުމާއެކު ފަރުން ފެށިގެން 6 މޭލާ ހަމައަށް) |
- ވީ.އެޗް.އެފް ސެޓު (ޑީ.އެސް.ސީ އާއެކު) |
- 1 ކެޕްޓަން - 2 ފަޅުވެރިން
|
- ނިޔަމިކަމުގެ ސެޓުފިކެޓު ޓަނޭޖު އެންޑޯޒު ކޮށްފައިވާ - ފަޅުވެރިންގެ ސެޓުފިކެޓު |
ލައެބިލިޓީ އިންޝުއަރެންސް އަދި ހަލް އެންޑް މެޝިނަރީ ކަވަރ |
E |
ފަޅުތެރޭގެ ސަރަހައްދު |
- ހޭންޑު ހެލްޑު ވީ.އެޗް.އެފް ސެޓު (ޑީ.އެސް.ސީ އާއެކު) |
- 2 ފަޅުވެރިން
|
- ފަޅުވެރިންގެ ސެޓުފިކެޓު |
ލައެބިލިޓީ އިންޝުއަރެންސް އަދި ހަލް އެންޑް މެޝިނަރީ ކަވަރ |
ވީމާ، އުޅަނދުފަހަރުގެ ވެރިންނަށާއި އުޅަނދުފަހަރު އޮޕަރޭޓު ކުރާ ފަރާތްތަކަށް އަދި އުޅަނދުފަހަރުގެ ކެޕްޓަނުންނަށް މިކަން ޢާންމުކޮށް އަންގައި އިއުލާންކުރީމެވެ.
5 މުޙައްރަމް 1437