ދިވެހިރާއްޖެ
18 ސެޕްޓެންބަރު 2025 ގައި ތަޞްދީޤު ކުރި ޤާނޫނު ނަންބަރު: 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު)ގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލް ވަނީ އުވާލެވިފައެވެ. އަދި މި ޤާނޫނުގެ ދަށުން މި 2 (ދޭއް) އިދާރާގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދަނީ މި ކޮމިޝަނުންނެވެ.
އިންތިޤާލީ މި މަރުޙަލާގައި ބްރޯޑްކާސްޓްކުރުމަށް އަލަށް ލައިސަންސް ދޫކުރުމާއި، ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ މުއްދަތު ހަމަވެގެން އައުކުރުމާއި، އަލަށް ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުންފަދަ ކަންކަން ކުރިއަށް ގެންދެވޭނީ އެކަންކަމާއި ގުޅިގެން އެކުލަވާލަންޖެހޭ ޤަވާއިދުތަކާއި، އިދާރީ އުޞޫލުތައް އެލުކަވާލެވިގެން ކަމުގައި ދަންނަވަމެވެ.
ވީމާ، ޤާނޫނު ނަންބަރު: 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު)ގެ ދަށުން މި ކޮމިޝަނާއި، ކޮމިޝަނުގެ މެންބަރުން ޙަވާލު ވުމަށްފަހު ކުރިއެކޭވެސް އެއްގޮތަށް އިސްވެ ދެންނެވުނު ޚިދުމަތްތައް ދެމުންގެންދާނެ ކަމުގައި އާންމުކޮށް އިޢުލާން ކުރަމެވެ.