މަސައްކަތް
ނަންބަރު: (IUL)395-B/395/2025/69
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 12 އޮކްޓޫބަރު 2025 11:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.އިސްދޫ މަސްޖިދުލް އިނާރާގައި ނެވިލޯން/ވިނީލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

ލ.އިސްދޫ މަސްޖިދުލް އިނާރާގައި ނެވިލޯން/ވިނީލް އެޅުމުގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދުމަށް

     

 

   މިއިދާރާއިން ދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށ ލ.އިސްދޫ މަސްޖިދުލް އިނާރާގައި ނެވިލޯން/ވިނީލް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއި އެއްކަރުދާސް ކޮށްފައިވާ ފޯމް ފުރިހަމަކުރެއްވުމަށްފަހު ތިރީގައިއެވާ މެއިލަށް މެއިލްކުރެއްވުން އެދެމެވެ.

1

ރަޖިސްޓްރީވުން

12 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށްފަހު [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ފޯމް ހުށައެޅުން އެދެމެވެ. އަދި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.

2

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް

14 އޮކްޓޯބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ހައްދުންމަތީ އިސްދޫ ކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. (ސުންގަޑީގެފަހުން ހުށަހެޅޭ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.)

3

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް

ހުށަހަޅަންޖެހޭ ލިޔުންތައް މައުލޫމާތު ޝީޓުގައި ބަޔާންކުރެވިފައިވާނެއެވެ.

4

އިތުރު މައުލޫމާތު

- ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ގުޅުއްވާނީ  މިއިދާރާގެ 6800920, 6800709 ނަންބަރު ފޯނަށެވެ.އިމޭއިލް ކުރައްވާނީ [email protected]  އީމެއިލް އަށް.

 

       މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6800709،6800920 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

1447 D 6                                         

28 ސެޕްޓެމްބަރ 2025

28 ސެޕްޓެންބަރު 2025