ދިވެހިރާއްޖެ
މި އިދާރާގައި ހުރި ބައެއް ތަކެތި ނީލަން ކިޔުމާ ގުޅޭ ގޮތުން ކުރެވުނު ނަންބަރ (IUL)296/296/2025/53 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެފައި ނުވާތީވެ އަލުން އިޢުލާން ކުރަމެވެ. ނީލަން ކިޔުން އޮންނާނީ 07 އޮކްޓޫބަރ 2025 ވާ އަންގާރަ ދުވަހުގެ 16:30 ގައި މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލް އިދާރާގައިއެވެ. ނީލަމުގައި ނަގާ ތަކެއްޗަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ 7720700311001 ( 1336 ރެވެނިއު 1 ) ފޮއްދޫ ކައުންސިލް މެދުވެރި ކޮށެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް ތިރީގައި އެވަނީއެވެ.
އަދަދު |
މުދަލުގެ ތަފްސީލު |
|
03 |
ކާޗާ މެޝިން |
|
07 |
މާކަރީ ލައިޓް (ވޮލީ ކޯޓުންނެގި) |
|
02 |
ކޫލަރު |
|
05 |
އެއަރ ކޮންޑިޝަން |
|
01 |
ލަކުޑި އަލަމާރި |
|
16 |
ހޮޅިބުރި ތަންމަތި 4 ފޫޓުގެ |
|
03 |
ކޮމްޕިއުޓަރ ސިސްޓަމް (ފޮށިގަނޑުލީ ވައްތަރު) |
|
06 |
މޮނިޓަރ |
|
02 |
ކީ ބޯޑް |
|
01 |
ސްކޭނަރ |
|
08 |
ސީ.ޕީ.ޔޫ |
|
02 |
އެމްޕް |
|
03 |
ޕްރިންޓަރ |
|
01 |
މާރޓް ރެކް (މާރޓު ހަރު) |
|
06 |
ޖިޕްސަމް ބޯރޑް |
|
02 |
ރޯލް ޕްޓީ ޓޭޕް |
|
01 |
ފާރުގަ ހަރުކުރާ ގަޑި (ޑިޖިޓަލް) |
|
01 |
ބޭސަޖަހާ ޕަމްޕް |
ނީލަން ކިޔުމުގެ އުސޫލު:
- ނީލަން ކިޔުމަށް ތަކެތި ބައިބަޔަށް (ލޮޓް) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދީފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން ކޮންމެ ކޮންމެ ލޮޓެއްގައި ހުންނާއެވެ.
- ނީލަން ކުރިޔަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ކަނޑަ އެޅިފައިވާ ގަޑީގައި ނީލަން ކުރިޔަށް ދާނެއެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.