މަސައްކަތް
ނަންބަރު: (IUL)412/412/2025/41
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 02 އޮކްޓޫބަރު 2025 23:59
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮނޑޭ ރަންޔޫބިލް ވޮލީ މުބާރާތް ރާވައި ހިންގައި ދޭނެ ފަރާތެއް ހޯދުން

  1. ކޮނޑޭގައި ދެވަނަ ފަހަރަށް އާބާދުވިތާ 50 އަހަރު ފުރޭ މުނާސަބާ ފަހާގަ ކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޮނޑޭ ރަންޔޫބީލް ވޮލީ މުބާރާތް 2026 ރާވައި ހިންގައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. މި އިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށާއި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުލަބު ޖަމްއިއްޔާ ޖަމާޢަތްތަކަށެވެ.
  3. މި ޚިދުމަތް ދިނުމަށް ރަޖިސްޓްރީ ކުރެވޭނީ  28 ސެޕްޓެމްބަރ 2025 އިން 02 އޮކްޓޯބަރ 2025 ގެ 23:59 ގެ ނިޔަލަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިގެންނެވެ. އަދި ޕްރޮޕޯސަލް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  17 ޖުލައި 2025 ވަނަ ދުވަހުގެ 12:00 ގެ  ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް  މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. މިއިޢުލާނާއި ގުޅިގެން ބޭއްވޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 05 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 13:00 ގައި ކޮނޑޭ ކައުންސިލް އިދާރާގައެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  09 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 13:20 ގައި ކޮނޑޭ ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ.
  7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ  / ގއ.ކޮނޑޭ، ދިވެހިރާއްޖެ.
  • ފޯން: 6820019/9662499
  • އީމެއިލް: [email protected]
28 ސެޕްޓެންބަރު 2025