ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-DC/38/2025/169
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 29 ސެޕްޓެންބަރު 2025 15:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބު 2025 - ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާ ތަކުގެ ލިސްޓު ޢާންމުކުރުން

 (IUL)38-DC/38/2025/169: ނަންބަރު

 

އިޢުލާން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބު 2025

ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާ ތަކުގެ ލިސްޓު ޢާންމުކުރުން

ޤާނޫނު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ  21 ވަނަ މާއްދާގެ (ހ) ގެ ދަށުން، 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބުގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ލިސްޓު 2025 ސެޕްޓެންބަރު 28 ވީ އާދީއްތަ ދުވަހު ޢާންމުކޮށްފީމެވެ.  މި ރަޖިސްޓަރީ ދިވެހިސަރުކާރުގެ ގެޒެޓު (www.gazette.gov.mv) އާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި (www.elections.gov.mv) ޢާންމުކުރެވިފައިވާނެއެވެ.

މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ޝަކުވާ ހުށަހަޅުއްވާނީ 2025 ސެޕްޓެންބަރު 28 ވާ އާދީއްތަ ދުވަހުން ފެށިގެން 2025 ސެޕްޓެންބަރު 29 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ. ޝަކުވާ ހުށަހަޅުއްވާނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުއްވައިގެންނެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

28 ސެޕްޓެންބަރު 2025