ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-HR/328/2025/143
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:08
ސުންގަޑި: 30 ސެޕްޓެންބަރު 2025 20:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
20 އަހަރުގެ ޤައުމީ ތަރައްޤީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ބޭއްވޭ މަޝްވަރާ ބައްދަލުވުން

ދިވެހިރާއްޖޭގެ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ޤައުމީ ތަރައްޤީގެ ޕްލޭން – 'ވިލުންތެރި ރާއްޖެ 2045 – އެންމެނަށް ފާގަތިކަން' އެކުލަވާލުމުގައި އެންމެހައި ފަރާތްތަކުން ބައިވެރިވުމާއެކު މަޝްވަރާކޮށް ޚިޔާލު

ހޯދުމަކީ މިޕްލޭން ތައްޔާރުކުރުމުގެ ވަރަށް މުހިންމު މަރުހަލާއެކެވެ. މިމަޝްވަރާގެ މަޤްސަދަކީ މިޕްލޭނަކީ ރާއްޖޭގެ ހުރިހައި ރަށްރަށެއްގައި ދިރިއުޅޭ މުޖުތަމައުތަކުގެ ޚިޔާލާއި މަޝްވަރާގެ މައްޗަށް ބިނާކުރެވިގެން

އެކުލަވާލެވޭ ޕްލޭނަކަށް ހެދުމެވެ. މިގޮތުން ކުރެންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓައުންހޯލް ބައްދަލުވުން 30 ސެޕްޓެންބަރ 2025 ވާ އަންގާރަ ދުވަހުގެ ރޭ 08:15 ގައި ހަބަޝީ ޕްރީ ސްކޫލު ހޯލުގައި އޮންނާނެއެވެ.

މިމަޝްވާރާ ބައްދަލުވުމުގައި މިދަންނަވާ ދާއިރާތައް ތަމްސީލުކުރައްވާ ފަރާތްތަކާއި، އާންމު ރައްޔިތުން ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ.

  • އާންމު ޚިދުމަތްދޭ ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތައް
  • ފަންނުވެރިންނާއި، އެކި ދާއިރާތަކުގެ ވިޔަފާރިވެރިންނާއި، ވިޔަފާރި އުފެއްދުންތަކާއި ޚިދުމަތްތައް ދޭ ފަރާތްތައް (ކުދި، މެދު އަދި ބޮޑެތި ވިޔަފާރިތައް ތަމްސީލުވާނެ ގޮތައް)
  • އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް (ސިއްޙަތު، ތިމާވެށި، ކުޅިވަރު، މައިނޯރިޓީ އަދި އެނޫންވެސް ބެނުންތަކާއި ގުރޫޕްތައް ތަމްސީލުކުރާ ޖަމިއްޔާތައް ހިމެނެހޭން)
  • ސިޔާސީ ޕާޓީތައް
  • ރަށުރައްޔިތުންނާއި ރަށްވެހިން

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

25 ސެޕްޓެންބަރު 2025