ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނޭ "މަސްވެރިކަމާގުޅޭ ތަމްރީނު ޕްރޮގުރާމެއް ހިންގުން" ހަރަކާތުގެ ދަށުން، ވެލިއު އެޑެޑް މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި
ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގުރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި ގުޅިގެން 05 – 09 އޮކްޓޫބަރު 2025 އަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މިތަމްރީނު ޕްރޮގުރާމުގައި ބައިވެރިވުމަށް ޝައުޤްވެރިވާ ފަރާތްތަކުން 02 އޮކްޓޫބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން (ނަން، އައި.ޑީ ކާޑު ނަންބަރު، ފޯނު ނަންބަރު | 9960463 އަށް
އެސް.އެމް.އެސް ކުރެއްވުން) އެދެމެވެ.
ޕްރޮގުރާމުގައި ކިޔަވައިދޭ ބައިތައް
# |
ކިޔަވައިދޭ ބައިތައް |
ތަފްސީލް |
1 |
ކާބޯތަކެތީގެ ރައްކާތެރިކަން |
ކާބޯތަކެތީގެ ޤާނޫނު 06/2024 އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި ވިއްކުމުގެ މަސައްކަތުގައި ޢަމަލުކުރަންވީގޮތުގެ މިންގަނޑު ކާބޯތަކެތި ރެޖިސްޓްރީ ކުރުން |
2 |
ތާޒާ މަސް |
ތާޒާ މަހަކީ ކޮބާ؟ ތާޒާ މަސްދެނެގަންނާނޭ ގޮތް. މަސް ރައްކާތެރިކުމުގައި ސަމާލުކަންދޭންވީ ކަންކަން |
3 |
ވިޔަފާރި ފެށުމާއި ހިސާބު ބެލެހެއްޓުން |
ވިޔަފާރި ފެއްޓުމާއި ވިޔަފާރި ވައްތަރުތައް މާރކެޓް ކުރުން އަދި މާރކެޓް ސާވޭ ކުރާނޭގޮތް ވިޔަފާރީގެ ފައިދާ އާއި ގެއްލުންބެލުން ވިއްކާ ބާވަތްތައް އަގުމަގު ކުރުން |
4 |
ކާބޯތަކެތި ބަންދުކުރުމާއި ލޭބަލް ކުރުން |
ކާބޯތަކެތި ބަންދުކުރުމާއި ލޭބަލް ކުރުން ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ މުހިންމުކަމާއި ފައިދާ ކާބޯތަކެތީގެ ލޭބަލްގައި ހިމެނޭ ބައިތައް |
5 |
އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުން (ތިއަރީ) |
އަގުއެއްކުރުމަކީ ކޮބާ؟ އަގުއެއްކުރުމުގެ ބޭނުމަކީ ކޮބާ؟ |
6 |
އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރު ކުރުން. (ޕްރެކްޓިކަލް ސެޝަން) |
އަގުއެއްކުރި މަހުގެ ތަފާތު ބާވަތްތައް އުފެއްދުމުގެ އަމަލީ މަސައްކަތް |
މިތަމްރީނު ޕްރޮގުރާމް ކުރެންދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މަދުވެގެން 15 ބައިވެރިން ލިބިގެންނެވެ. ގިނަވެގެން ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ 25 ބައިވެރިންނަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.