ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)/259/2025/98
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 01 އޮކްޓޫބަރު 2025 13:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާ އަދި ޕްރީ ސުކޫލަށް ބޭނުންވާ އޭސީ ސަޕްލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުން

ފިނޭ ކައުންސިލް އިދާރާ އަދި ޕްރީ ސުކޫލަށް ބޭނުންވާ އޭސީ ސަޕްލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް" ފުރުއްވުމަށްފަހު ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކުން ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ގޫގުލް ފޯމް ލިންކް: https://forms.gle/Pf3m1XtNjXsYVWMh7

 

ބީލަން ރަޖިސްޓްރީ ކުރުން

01 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 13:00 ގެކުރިން

ބީލަން ބަލައިގަތުން

05 އޮކްޓޯބަރ 2025 ވަނަދުވަހުގެ 11:00 ގައި ހދ.ފިނޭ ކައުންސިލް އިދާރާގައި

ބީލަންތައް ހުޅުވުން

05 އޮކްޓޯބަރ 2025 ވަނަދުވަހުގެ 11:00 ގައި ހދ.ފިނޭ ކައުންސިލް އިދާރާގައި

 

ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6528115 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

25 ސެޕްޓެންބަރު 2025