ދިވެހިރާއްޖެ
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ
ގ. ރިހިޖެހި ކޮށި، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
މި އޮޓޯރިޓީގައި ހުރި ބައުވެ ގިނަދުވަސްވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުމާގުޅޭ
މި އޮތޯރިޓީގައި ހުރި ބައުތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މި ތަކެތި ނީލަމުގައި ވިއްކާލުމަށް 14 ސެޕްޓެންބަރު 2025 ގައި ފުރަތަމަ ކުރެވުނު އިޢުލާން ނަންބަރު (IUL)469-CA/469/2025/37) އާއި ގުޅިގެން ނީލަން ކުރިއަށް ގެންދަން ބޭނުންވާ އަދަދަށް ބައިވެރިވުން ލިބިފައިނުވާތީ ނީލަންބޭއްވޭގޮތް ވަނީ ނުވެފައެވެ.
ވީމާ، މިތަކެތީގެ ނީލަންކިޔުން 09 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގައި އޮންނާނެއެވެ.
މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.
ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން
ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 06 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަން/އައިޑީ ކޮޕީ/ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވައިގެން ރެޖިސްޓަރީކުރެއްވުން އެދެމެވެ.
ނީލަން ކިޔުން
09 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގައި.
ނީލަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުން
[email protected] / 3333451
ނީލަން ކާމިޔާބު ކުރާ ފަރާތް
ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފައިނޭންސް ގެ ބަޑޭރި ޕޯރޓަލް (https:/bandeyripay.finance.gov.mv) އަށް ފޮނުއްވައި ދެއްދެވުމަށްފަހު، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެކަތެރި ގެންދަން ވާނެއެވެ. މިގޮތުން މުދާ ގެންދިއުމުގެ އެންމެހާ އިންތިޒާމް ނީލަން ކާމިޔާބުކުރާ ފަރާތުން ހަމަޖައްސަންވާނެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ މުދާ، ނީލަން ކާމިޔާބު ކުރި ފަރާތުން ބޭނުންނުވާ ކަމަށް ބަލައި ނައްތާލެވޭނެއެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.