ނީލަން
ނަންބަރު: (IUL)248-CAFA/INDIV/2025/5
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:57
ސުންގަޑި: 25 ސެޕްޓެންބަރު 2025 13:30
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާފަމާމަ މައިޒާން ރުއްގަސް ނީލަން ކިޔުމަށް (ސޯސަންމަގު އިރުމަތީކޮޅު)

އިޢުލާން

 

ތިރީގައިވާ ތަކެތި ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ.

 

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި 

 

ނީލަން އޮންނަ ދުވަސް:

25 ސެޕްޓެމްބަރ 2025

ގަޑި:

13:30 ގައި 

ނީލަން އޮންނަ ތަން:

ކާފަ މާމަ މައިޒާން

 

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް

ޢަދަދު

ބާވަތް

ނީލަން ފެށޭއަގު(ރުފިޔާއިން)

05

ރުކުގައި އަޅާފައިވާ ތަކެތި (ކާށި، ގަބުޅި، ކުރުނބާ)

ބައެއް -/5

05

ފުނި ފަން

ފުންޏެއް -/5

-

ރުއްބުރިތައް

ރުއްބުރިއެއް -/5

 

މި ނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 2025 ސެޕްޓެމްބަރ 25ވަނަ ދުވަހުގެ 15:00 ގެ ކުރިން މި އިދާރާގެ 7714700413001 ނަންބަރު އެކައުންޓަށް ޓްރާންސްފަރ ކުރެއްވުމަށްފަހު، ޓްރާންސްފަރ ކުރި ސްލިޕް މި އިދާރާގެ ނަންބަރު 7750013 އަށް ވައިބަރ ކުރަންވާނެއެވެ. 15:00 ގެ ކުރިން ފައިސާ ނުފޮނުވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި އެހިސާބުން ކެންސަލް ކުރެވޭނެއެވެ. ނީލަމުން ތަކެތި ގެންދެވޭނީ ނީލަން ފުރިހަމަ ކުރިކަމުގެ ލިޔުން ކައުންސިލުން ދިނުމުންނެވެ.

 

ނީލަން ފުރިހަމަ ކުރައްވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި 2025 ސެޕްޓެމްބަރ 26ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ގެންދަވަންވާނެއެވެ. އެވަގުތުގެ ތެރޭގައި ނުގެންދަވާ ތަކެތި އެފަރާތުން ބޭނުންނެތީ ކަމުގައި ބަލައި އެތަކެތި ނައްތައިލެވޭނެއެވެ.

25 ސެޕްޓެންބަރު 2025